ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ޙައްޖު ދުވަހާއި އަޟްޙާ ޢީދު ދުވަހާ ގުޅިގެން ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރާއި، ހުވަދޫ ސަރަހައްދީ ދާރުލްއާސާރާއި އުތީމުގަނޑުވަރުގެ ޚިދުމަތް ދިނުމާ ގުޅޭ

އިޢުލާން

 

1445 ވަނަ އަހަރުގެ ޙައްޖު ދުވަހާއި އަޟްޙާ ޢީދު ދުވަހާގުޅިގެން ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރާއި، ހުވަދޫ ސަރަހައްދީ ދާރުލްއާސާރާއި އުތީމުގަނޑުވަރުގެ ޚިދުމަތް ދިނުމާ ގުޅޭ

 

1445 ވަނަ އަހަރުގެ ޙައްޖު ދުވަހާއި އަޟްޙާ ޢީދު ދުވަހާ ގުޅިގެން 2024 ޖޫން 16 ން 2024 ޖޫން 20 ށް ސަރުކާރު ބަންދު ދުވަސްތަކެއް ކަމުން، މި ދުވަސްތަކުގައި ޤައުމީ ދާރުލްއާސާރާއި ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ބަންދުވާނެ ވާހަކަ ދެންނެވީމެވެ. އަދި 2024 ޖޫން 15 ން 2024 ޖޫން 17 ށް އުތީމު ގަނޑުވަރު ބަންދުވާނެއެވެ.

 

އުތީމުގަނޑުވަރު ދެން ހުޅުވޭނީ 2024 ޖޫން 18 ވާ އަންގާރަ ދުވަހުން ފެށިގެން ހެނދުނު 8:00 ން 14:00 އަށެވެ. ޓިކެޓް ވިއްކާނީ ހެނދުނު 8:15 ން މެންދުރު ފަހު 13:30 އަށެވެ. ހުކުރު ދުވަހު އުތީމުގަނޑުވަރު ބަންދުވާނެއެވެ.

 

ޤައުމީ ދާރުލްއާސާރު ދެން ހުޅުވޭނީ 2024 ޖޫން 23 ވާ އާދީއްތަ ދުވަހުން ފެށިގެން ހެނދުނު 10:00 ން 16:00 އަށެވެ. ޓިކެޓް ވިއްކާނީ ހެނދުނު 10:15 ން މެންދުރު ފަހު 15:30 އަށެވެ. ހުކުރު ދުވަހާއި ސަރުކާރު ބަންދު ދުވަސްތަކުގައި ޤައުމީ ދާރުލްއާސާރު ބަންދުވާނެއެވެ.

 

ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ދެން ހުޅުވޭނީ 2024 ޖޫން 23 ވާ އާދީއްތަ ދުވަހުން ފެށިގެން ހެނދުނު 8:00 ން 14:00 އަށެވެ. ޓިކެޓް ވިއްކާނީ ހެނދުނު 8:15 ން މެންދުރު ފަހު 13:30 އަށެވެ. ހުކުރު ދުވަހާއި ސަރުކާރު ބަންދު ދުވަސްތަކުގައި ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ބަންދުވާނެއެވެ.

 

**********************

07 ޛުލްޙިއްޖާ 1445 ހ.

                                    13  ޖޫން   2024 މ.

13 ޖޫން 2024
ހޯދާ