ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ކާރާއި ޕިކަޕްގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް

ކާރާއި ޕިކަޕްގެ ޚިދުމަތްދިނުން

މިޑިޕާޓްމަންޓުން ބާއްވާ އިމްތިޙާންތަކާ ގުޅިގެން ކުރަންޖެހޭ ދަތުރުތައް ކުރުމަށާއި އުފުލަންޖެހޭ ތަކެތި އުފުލުމަށް، އެއްއަހަރު ދުވަހުގެ މުއްދަތަށް ކާރާއި ޕިކަޕްގެ ޚިދުމަތްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 މޭ 21 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މޭ 24 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ2 ގެ 6 ވަނަ ފަންގިފިލާގައެވެ.

25 ރަޖަބު 1436

16 މޭ 2015
ހޯދާ