މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީ، ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި ޖަމާކުރާ ކުނިތައް އުކާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއްް ހޯދުން

މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ އެމް.ޑަބްލިޔު.އެސް.ސީ، ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި ޖަމާކުރާ ކުނިތައް އުކާލުމުގެ މަސައްކަތް 2 އަހަރު ދުވަހުގެ މުއްދަތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލާއި އެއްގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.

ޖަމާކުރާ ކުނީގެ ބާވަތުގެ ލިސްޓް

  1. ހޮޅީގެ ބާވަތް (ޕީވީސީ މެޓީރިއަލްސް)
  2. ބާދަގަނޑު، ސްކުރެޕް މެޓީރިއަލްސް
  3. ބޭނުން ކޮއްފަހުންނަ ބެޓްރީ
  4. ގާކުނޑި (ޢިމާރާތް ތަޅާފަހުންނަ ސާމާނު)
  5. އިލެކްޓްރިކް ސާމާނު

 

ކުނި އުކާލުމަށް ހަމަޖެހިފައިވާ ޝެޑިއުލް

 

ތަން: އެމް ޑަބްލިޔު އެސް ސީ ހުޅުމާލެ އޮޕަރޭޝަން ސެންޓަރ

ތަފްސީލް: ހަފްތާއަކު މަދުވެގެން 2 ދުވަހު ކުނި އުކާލުން، އަދި ކުނި ޖަމާކުރާ އޭރިއާގައި ކުނި ގިނަވުމުގެ ކުރިން މި ކުންފުނިން އަންގާ ގޮތެއްގެ މަތިން ކުނި އުކާލާ ހުސްކުރުން.

 

ތަން

ގަޑި

ތާރީހް

ތަފްސީލް

އެމް.ޑަބްލިޔު.އެސް.ސީ (ކަސްޓަމާރ ސާރވިސް ބިލްޑިންގ، 6 ވަނަ ފަންގިފިލާ)

11:00

24 ޖޫން 2024

މައުލޫމާތު ސާފުކުރުން

އެމް.ޑަބްލިޔު.އެސް.ސީ (ކަސްޓަމާރ ސާރވިސް ބިލްޑިންގ، 6 ވަނަ ފަންގިފިލާ)

11:00

27 ޖޫން 2024

އަގު ހުށައެޅުން

 

ނޯޓް: މި މަސައްކަތުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ އަދި އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު ކޮޕީ، ކުންފުނީގެ ރަޖިސްޓްރީ އަދި ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ ބިޑާއި އެއްކޮށް ހުށަހަޅަން ވާނެއެވެ.

  

 ކޮންޓްރެކްޓިންގ ޑިޕާޓްމަންޓް

13 ޖޫން 2024
ހޯދާ