މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެސްޓްހައުސް ވިޔަފާރި ބިން ހުޅުވާލުން:

މ. މުލަކު މަސްފެކްޓީގެ ހުޅަނގުން، ރަށުގެ ހުޅަނގު އުތުރު ކޮޅުގައި ސަރަޙައްދުގައި އޮންނަ، މ. މުލަކު ކައުންސިލުގެ ނަމުގައިވާ 15،426.92 އަކަފޫޓުގެ ބިން، ގެސްޓްހައުސް ވިޔަފާރި އަށް ދޫކުރުމަށް މި ކައުންސިލުން ނިންމާފައިވާތީ، އެކަމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން އެކަމަށް އެދި ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ބިޑް ހުޅުވާލެވިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ގައި ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މި ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކުން 13 ޖޫން 2024 ން 11 ޖުލައި 2024 ގެ ނިޔަލަށް ބީލަން ފޯމް ނަންގަވާ، 2024 ޖުލައި 25 ވާ ބުރާސްފަތި ދުވަހުގެ 11:00ގެ ކުރިން ބީލަމުގައި ރަޖިސްޓަރީވާން ވާނެއެވެ. ބީލަން ފޯމްގެ އަގަކީ -/3000 (ތިންހާސް) ރުފިޔާއެވެ. ރަޖިސްޓްރޭޝަން ފީ ޖަމާކުރައްވާނީ މިއިދާރާގެ އަންނަނިވި އެކައުންޓަށެވެ.

ބޭންކް އެކައުންޓުގެ ނަން:         1411 ރެވެނިއު 1

އެކައުންޓް ނަންބަރު:            7709700388001

ސްލިޕްވައިބަރ ކުރައްވާނެ ނަންބަރު:   7341417

ބީލަމުގައި ރަޖިސްޓަރީ ވެވޭނީ ބީލަމުގައި ރަޖިސްޓަރީވުމަށް އެދި [email protected] އީމެއިލް ކުރުމުންނެވެ. މި އީމެއިލްގައި ބީލަމުގައި ރަޖިސްޓަރީވުމަށް ކަނޑައަޅާފައިވާ ފައިސާ ދެއްކިކަމުގެ ސްލިޕް އެއްކަރުދާސް ކުރެވިފައި އޮންނަންވާނެ އެވެ. ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް ބީލަންފޮތް ދޫކުރެވޭނެ އެވެ. ބީލަމުގައި ރަޖިސްޓަރީ ކުރެވުނުކަން ކަށަވަރުކުރުމަކީ މިކަމަށް އެދި ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބިޑު ހުށަހެޅުމަށް ބައިވެރިވެވޭނީ ބިޑު ހުށަހެޅުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. ބަދަލުގައި އެހެން ފަރާތަކުން ބިޑު ހުށަހެޅުމަށް ވަޑައިގަންނަވާނަމަ، ބިޑުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތުގެ ސިޓީއެއް އޮންނަންވާނެއެވެ. ބިޑު ތައް ހުންނަންވާނީ ސިޓީ އަކުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބިޑަށް ދެވިފައިވާ ނަން އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ ފޯނު އަދި އީމެއިލް މެދުވެރިކޮށް ހޯއްދެއްވުމަށް ދަންނަވަމެވެ.

ފޯނު:  7414167

އިމެއިލް: [email protected]

13 ޖޫން 2024
ހޯދާ