މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
2022 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާ ދޫކުރުން

2024 ޖޫން 11 ވީ އަންގާރަ ދުވަހު ބޭއްވި މިކުންފުނީގެ ޚާއްސަ ޢާންމު ޖަލްސާގައި، 2022 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގުގެ ކޮންމެ -/05 (ފަހެއް) ރުފިޔާގެ ޙިއްޞާއަކަށް، -/04 (ހަތަރެއް) ރުފިޔާ، ޖުމްލަ -/32,150,996  (ތިރީސް ދެމިލިއަން އެއްލައްކަ ފަންސާސްހާސް ނުވަސަތޭކަ ނުވަދިހަ ހައެއް)  ރުފިޔާ ދޫކުރަން ނިންމާފައިވާކަން ކުންފުނީގެ އެންމެހައި ޙިއްޞާދާރުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

 

މިގޮތުން ޙިއްޞާގެ ފައިދާ ނެންގެވުމަށް، މިކުންފުނީގައި ބޭންކް އެކައުންޓް ރަޖިސްޓްރީ ކޮށްފައިނުވާ އަދި އެކައުންޓަށް ބަދަލު އައިސްފައިވާ ޙިއްޞާދާރުން، މިކުންފުނީގެ ވެބްސައިޓުގައިވާ "ޙިއްޞާގެ ފައިދާއަށް އެދޭ ފޯމު" މެދުވެރިކޮށް ހުށަހެޅުއްވުމުން އެފަރާތްތަކުގެ ޙިއްޞާގެ ފައިދާ ޖަމާކޮށްދޭނެ ވާހަކަ ދެންނެވީމެވެ.

13 ޖޫން 2024
ހޯދާ