މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން ޙިމާޔަތްކޮށްފައިވާ ބ. ނެލިވަރު ސަރަހައްދުގެ މަޢުލޫމާތު މުރާޖަޢާކުރުން

ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން 9 ނޮވެމްބަރ 2023 ގައި މި މިނިސްޓްރީއިން ކޮށްފައިވާ ނަންބަރ (IUL)438-ENV/438/2023/486 އިޢުލާނާއި ހަވާލާދީ ޙިމާޔަތްކޮށްފައިވާ ބ. ނެލިވަރު ސަރަހައްދުގެ އިންތަކާއި މިންތައް އަދި އިތުރު ތަފްސީލު ތިރީގައިވާ ގޮތަށް 13 ޖޫން 2024 އިން ފެށިގެން މުރާޖަޢާކޮށްފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. މި ސަރަހައްދު ބެލެހެއްޓުމުގައި ޢަމަލުކުރާނީ ގަވާއިދު ނަންބަރު: 2018/R-78 (ޤުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވައިދު) ގައިވާ ގޮތުގެ މަތިންނެވެ.

13 ޖޫން 2024
ހޯދާ