ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ް އެއްގަމު ދުއްވާ އުޅަނދު ދުއްވުމުގެ ލައިސެންސް ނެގުމާގުޅޭ

ޤަވާޢިދު ނަންބަރު: 05/2009 ގެ ދަށުން ދޫކުރަމުން ދިޔަ ޒޯން ލައިސެންސް، ޤަވާޢިދު ނަންބަރު R-102/2021 ވުޖޫދުވުމާ ގުޅިގެން މިހާރު އުވިފައިވާ ކަމާއި، މިހާރު ޒޯން ލައިސެންސް، ނަގާފައިވާ ފަރާތްތަތަކުން ޤަވާޢިދު ނަންބަރު R-102/2021 ގައި ބަޔާންކުރާ އެއްގަމު ދުއްވާ އުޅަނދު ދުއްވުމުގެ ލައިސެންސް ނެގުމަށްޓަކައި 03 މަސް ދުވަހުގެ މުއްދަތު (25 މޭ 2024 އިން 24 އޯގަސްޓް 2024 އަށް) އެފަރާތްތަކަށް އަރުވާކަމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން އަންގަވާފައިވެއެވެ.  

ވީމާ، 2024 އޯގަސްޓް 24 ވަނަ ދުވަހުގެ ނިޔަލަށް އެއްގަމު ދުއްވާ އުޅަނދު ދުއްވުމުގެ ލައިސެންސް ނެގުމަށާއި އަދި ޒޯން ލައިސެންސް ނަގާފައިވާ ފަރާތްތަކުން އެލައިސެންސް ބޭނުންކޮށްގެން 2024 އޯގަސްޓް 24 ވަނަ ދުވަހުގެ ނިޔަލަށް އެޒޯނެއްގައި ދުއްވޭނެ ކަމުގައިވެސް، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާއިން އަންގަވާފައި ވާތީ، މިކަން ސަމާލުކަމަށް ގެނައުމުގެ ގޮތުން ދެންނެވީމެވެ.

05 ޛުލްޙިއްޖާ 1445

11   ޖޫން  2024

13 ޖޫން 2024
ހޯދާ