ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

މި އޮތޯރިޓީއަށް ތިރީގައި މިދަންނަވާ މަގާމަށް މީހަކު ބޭނުންވެއެވެ.

މަގާމު:

އެސިސްޓެންޓް ލީގަލް އޮފިސަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގރ2

މަގާމުގެ ރޭންކް:

ޖީ.އެސް.4

މަގާމުގެ ގިންތި:

ދާއިމީ

ވަޒިފާއަދާ ކުރަންޖެހޭ ތަން:

ލީގަލް، މޮނީޓަރިންގ އެންޑް އިންވެސްޓިގޭޝަން ސެކްޝަން - ލޯކަލް ގަވަރމަންޓް އޮތޯރިޓީ/ މާލެ

އަސާސީ މުސާރަ:(މަހަކު)

5,020.00ރ

ސަރވިސް އެލަވަންސް:(މަހަކު)

1,500.00 ރ

އެހެނިހެން އެލަވަންސް:(މަހަކު)

އެކްސްކްލޫސިވް ޖޮބް އެލަވަންސް:

އަސާސީ މުސާރައިގެ %50 (ފަންސާސް) އިންސައްތަ

ލިވިންގ އެލަވަންސް:

3,000.00ރ (ޕްރޮބޭޝަނަށްފަހު)

ހާޒިރީ އެލަވަންސް:

200 ރ (ހާޟިރުވާ ކޮންމެ ރަސްމީ ދުވަހަކަށް)

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ އަސާސީ ޝަރުތު:

 

1) މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުން.

ނުވަތަ

2) މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން  ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، ދަށްވެގެން ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުން.

ނުވަތަ

3) ސާނަވީ އިމްތިހާނަކުން 3 މާއްދާއިން  ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުމާއިއެކު، މަގާމުގެ މަސައްކަތާއި  ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

އެހެނިހެން މަޢުލޫމާތު:

މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭ މަސައްކަތުގެ ދާއިރާތައް:

•ލީގަލް

•ސިވިލް ލިޓިގޭޝަން

•އެޑްމިނިސްޓްރޭޝަން

•މެނޭޖްމެންޓް

ތަޢުލީމީ ރޮނގުތައް:

• ލޯ

• ޝަރީޢާ އިން ލޯ

  • ވަޒީފާއަށް ނެގޭ މުވައްޒަފުގެ ފުރަތަމަ 3 (ތިނެއް) މަސްދުވަހަކީ ޕްރޮބޭޝަންގެ މުއްދަތެވެ.

  • މި މަގާމަށް މީހަކު ހޮވުމުގައި ބަލާނެ އެންމެ މަތީ ސަނަދަކީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކްގެ (އެމް.އެން.ކިއު.އެފް) ލެވެލް 5 ގެ ސަނަދެވެ. އަދި ލެވެލް 6 ން ފެށިގެން މަތީ ސަނަދުތައް މި މަގާމަށް އޯވަރކޮލިފައިޑް ކަމަށް ބެލެވޭނެއެވެ.
  • މި މަގާމަށް މީހަކު ހޮވުމުގައި ބަލާނެ އެންމެ މަތީ ސަނަދު އޮތްކަމުގައި ވީނަމަވެސް މި މަގާމުގެ އަސާސީ ޝަރުތު ފުރިހަމަ ނުވާނަމަ މަގާމަށް ޑިސްކޮލިފައި ކުރެވޭނެއެވެ. 
  • މަގާމުގެ ދާއިރާތަކާއި އެމީހެއްގެ ތައުލީމީ ސެޓްފިކެޓްތައް ގުޅޭތޯ ބެލުމުގައި ސެޓްފިކެޓްގެ ނަމާއި މަގާމުގެ މަސައްކަތާއި ގުޅޭކަން ސާފުކޮށް ކަނޑައަޅަން ދަތިވާ ހާލަތުގައި، ކޯހުގެ ނަމަށް ބެލުމުގެ ބަދަލުގައި ބަލާނީ އެމީހަކު ކޯހުގައި ފުރިހަމަ ކުރި މޮޑިއުލްތަކުގެ ގޮތުގައި ޓްރާންސްކްރިޕްޓުގައި ބަޔާންކޮށްފައިވާ މޮޑިއުލްތަކަށެވެ. މިގޮތުން ކޯހުގައި ކިޔަވާފައިވާ މޮޑިއުލްތަކުގެ 30 އިންސައްތަ މޮޑިއުލްއަކީ މަދުވެގެން މަގާމުގެ މަސައްކަތާ ގުޅޭ މޮޑިއުލްތަކަކަށް ވާންވާނެއެވެ. މަގާމުގެ މަސައްކަތާއި ގުޅޭ މޮޑިއުލްތަކުގެ އަދަދު 30 އިންސައްތައަށްވުރެ މަދުވާނަމަ އެ ކޯހަކީ މަގާމާއި ގުޅޭ ސެޓްފިކެޓެއް ކަމަށް ނުބެލޭނެއެވެ.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލަރެއް ނުވަތަ ރައީސެއް ނުވަތަ މޭޔަރަކާއި ނުވަތަ ކައުންސިލަކާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާބަލާ ޖަވާބުދާރީވުން
  2. ކައުންސިލަރެއް ނުވަތަ ރައީސެއް ނުވަތަ މޭޔަރަކާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތަކާއި ލިބޭ މައުލޫމާތުގެ ހަގީގަތް ދެނެގަތުމަށް "އިންކުއަރީ" ހެދުން
  3. ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ އިސްތިއުފާއާއި ގުޅޭ އިޖުރާއަތުތަކާއި ކައުންސިލެއްގެ ނައިބު ރައީސް ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓާއި ގުޅޭ ކަންކަން ބެލެހެއްޓުން
  4. ރަށެއްގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުވާ ހާލަތްތަކުގައި ގާނޫނީގޮތުން ކައުންސިލްތަކުންނާއި ސަރުކާރުން ކުރަންޖެހޭ ކަންކަން ކަށަވަރުކޮށް އެކަންކަންބަލާ އެހީތެރިވުން
  5. ގަވާއިދުތަކާއި އުސޫލުތަކާއި ފަހުމުނާމާ ފަދަ ގާނޫނީ ލިޔުންތައް އެކުލަވާލުން
  6. ގާނޫނީ ލަފާދިނުމާއި ގާނޫނީގޮތުން ވަކީލުން ތަމްސީލުކުރަން ޖެހޭ ހާލަތްތަކުގައި އޮތޯރިޓީ ތަމްސީލުކުރުން
  7. ސެކްޝަނުން ބާއްވަންޖެހޭ ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމުތައް ހަމަޖައްސައިދިނުމާއި ބައްދަލުވުންތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  8. އެލް.ޖީ.އޭގެ ފަރާތުން ކައުންސިލްތަކަށް އަމާޒުކޮށްގެން ހިންގާ އެކިއެކި ތަމްރީން ޕްރޮގްރާމްތަކާއި ވޯކްޝޮޕްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި، ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  9. ސެކްޝަނުގެ މަސައްކަތާ ގުޅިގެން ބޯޑުން ނިންމާ ނިންމުންތައް ތަންފީޒުކުރުން
  10. ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް ހިންގުމަށްޓަކައި ބޭނުންވާ އިދާރީ އަދި ފަންނީ ތަމްރީންތައް ރާވާ ހިންގުމާއި، އާންމު ހޭލުންތެރިކަމަށް ކުރަންޖެހޭ މަސައްކަތްތައްކުރުމުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން
  11. ސެކްޝަނަށް އަންނަ ސިޓީ، ފެކްސް އަދި އީ.މެއިލް ފަދަ ތަކެތީގެ ތެރެއިން ސެކްޝަނުން ފިޔަވަޅު އަޅާ ޖަވާބު ދޭން ޖެހޭ ސިޓީ އަދި ފެކްސް ފަދަ ތަކެއްޗަށް ޖަވާބު ދިނުން.
  12. ސެކްޝަނުން ކުރިއަށްގެންދާ ބައްދަލްވުންތަކުގެ ލިޔެކިޔުންތަކާއި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  13. އެހެން ސެކްޝަންތަކުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާއި މަސައްކަތުގެ ދާއިރާއިން އޮފީހުން ހަވާލުކުރާ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން.
  14. އޮފީހުގެ ކަންކަން ޤާނޫނާއި ގަވާއިދާ އެއްގޮތަށް ގެންދިއުމަށް މަސައްކަތްކުރުމާއި، އޮފީހުގެ ކަންކަން ކުރުމުގައި އިސްނަގާ ޙަރަކާތްތެރިވުމާއި އޮފީހުގެ މަސައްކަތްތައް ތަރައްޤީކުރުމަށް އެހީތެރިވެދިނުމާއި، ރަނގަޅު މަސައްކަތު މާޙައުލެއް އުފެއްދުމަށް މަސައްކަތްކުރުން
  15. ތައްޔާރު ކުރެވިފައިވާ ތާވަލާއި އެއްގޮތަށް އޮފީސް ހުޅުވާ ލެއްޕުމުގެ މަސައްކަތް ކުރުން.
  16. މިނޫންވެސް އޮފީހުން ހަވާލުކުރާ އޮފީހާ ގުޅުން ހުރި ރަސްމީ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި އެ ސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓްގެ  ކޮޕީ
  5. ލިބިފައިވާ ކުރު މުއްދަތު ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
  6. ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ

ނޯޓް:

  • ރާއްޖޭގައި ހިންގާ ތައުލީމުދޭ މަރުކަޒަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ކޯހެއް ފުރިހަމަކޮށްފައިވާނަމަ ސެޓްފިކެޓްގެ ކޮޕީގައި އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގެ ކޯހެއްނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު ނުވަތަ އެކޯހެއް ގަބޫލުކުރާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • ވަޒިފާއަށް އެދި ހުށަހަޅާ ލިޔުންތައް ހުށަހަޅާއިރު އަސްލާ އެއްގޮތްކަން އެނގޭނެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ޝޯޓްލިސްޓްވާ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހެޅި ލިޔުންތަކުގެ އަސްލު އޮތޯރިޓީއަށް ގެންނަންވާނެއެވެ.
  • ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގައި އަދާކުރި/ކުރާ މަގާމުގެ ނަން، މަގާމުގެ މުއްދަތު، ވަޒިފާ އަދާކުރި ތަނުގެ އެޑްރެސް، އިސްވެރިއެއްގެ ސޮއާއި އޮފީހުގެ ތައްގަނޑު އޮންނަންވާނެއެވެ. އަދި އަމިއްލަ ކުންފުންޏެއްނަމަ މި މައުލޫމާތުގެ އިތުރުން ތަނުގެ މުވައްޒަފުންގެ އަދަދު ހިމަނަންވާނެއެވެ.

 

މަގާމަށް އެންމެ ގާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

މަގާމަށް މީހަކު ނެގުމަށް ޕޮއިންޓް ދިނުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުއާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ހާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.

  • ތަޢުލީމާއި ތަމްރީން: %40
  • މަސައްކަތު ތަޖުރިބާ: % 12
  • ހުނަރު (އިންޓަވިއު، އިމްތިޙާން/ޕްރެޒެންޓޭޝަން): %48
  • މަގާމަށް ކުރިމަތިލާފައިވާ ފަރާތްތަކުން ވަޒީފާއަށް އެންމެ ގާބިލު ފަރާތްކަމުގައި ބެލެވޭނީ، ލިބިފައިވާ ތައުލީމާއި، ތަޖުރިބާ އަދި ހުނަރު މި 3 ބައި އެއްކޮށްލުމުން 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ޖުމްލަ މާކްސް ލިބިފައިވުމާއިއެކު 'ހުނަރު' މިބަޔަށް ކަނޑައަޅާފައިވާ ޕޮއިންޓުގެ 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ލިބުމުންނެވެ.

މަގާމަށް އެދެންވީގޮތާއި ސުންގަޑި:

  • މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 2 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މި އޮތޯރިޓީއަށް ވަޒިފާއަށް އެދޭ ފޯމާއި ލިޔުންތައް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާ ފަރާތްތައް [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އީ-މެއިލް މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
  • އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • މަޤާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިޔު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއި އެވެ.
  • ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި، ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމުތަކާއި، މައުލޫމާތު ސައްހަނޫން ފޯމުތައް ބާތިލުކުރެވޭނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3013100 ފޯނަށް ގުޅުއްވުން އެދެމެވެ.

 

13 ޖޫން 2024
ހޯދާ