މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ލ. ބަރެސްދޫ - މަހަކަންފުށި ސާރވޭ އޯޑިޓްކޮށް ވެލުއޭޝަން ރިޕޯޓްތަކެއް ހަދައިދޭނެ ފަރާތެއް ހޯދުން

 

މި ކޯޕަރޭޝަނުގެ ފަރާތުން އިންޓަރގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ޤަސްތުކޮށްފައިވާ ލ.ބަރެސްދޫ (މަހަކަންފުށި ހިމެނޭ ގޮތަށް) ތަފްޞީލުކޮށް ބަލާ، ރުއްދަނޑުތައް އޯޑިޓްކޮށް ވެލުއޭޝަން ރިޕޯޓްތަކެށް ތައްޔާރުކުރުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، މި ބާވަތުގެ މަސައްކަތްތައް ކުރައްވާ އަދި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

 

މަޢުލޫމާތު ކަރުދާސް (TOR) މި ޢިއުލާންގައި އެއް ކަރުދާސް ކުރެވިފައި ވާނެއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން: 26 ޖޫން 2024 ވާ ބުދަ ދުވަހުގެ 11:00 ގައި މި ކޯޕަރޭޝަންގެ އޮފީހުގައި

 

ސަމާލުކަން ދެއްވުމަށް: އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ގަޑީގެ ފަހުން ހާޟިރުވާ ފަރާތްތަކަށް، ބައިވެރިވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.

 

އޮފީސް އެޑްރެސް: މ. އައިރިސް (7 ވަނަ ފަންގިފިލާ)، ފަރީދީ ގޯޅި، މާލެ

 

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ (ރަސްމީ މަސައްކަތު ގަޑީގައި) 3019911 ނަންބަރު ފޯނަށެވެ.

 

 

13 ޖޫން 2024މ.

 

13 ޖޫން 2024
ހޯދާ