މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމް.ޓީ.ސީ.ސީގެ ޚާއްޞަ ޢާންމު ޖަލްސާ 2024ގެ ނިންމުންތައް

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ޚާއްޞަ ޢާންމު ޖަލްސާ 2024 ވަނީ، އޮންލައިން ޕްލެޓްފޯމް "ފަހިވޯޓު" މެދުވެރިކޮށް 2024 ޖޫން 11 ވަނަ ދުވަހުގެ 16:00 ގައި ބާއްވާފައެވެ. މި ޖަލްސާގައި ބައިވެރިވެވަޑައިގެންފައިވަނީ ޖުމްލަ 47 (ސާޅީސްހަތެއް) ޙިއްޞާދާރުންނެވެ. އެއީ މުޅިއެކު 5,540,192 (ފަސްމިލިއަން ފަސްލައްކަ ސާޅީސްހާސް އެއްސަތޭކަ ނުވަދިހަދޭއް) ޙިއްޞާއެވެ.

 

ޖަލްސާގެ ނިންމުންތައް:

 

  • ކުންފުނީގެ އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާޙުތައް ޙިއްޞާދާރުންގެ ޚާއްޞަ ޤަރާރަކުން ފާސްކޮށްފައިވެއެވެ. މިއައިޓަމަށް ފެންނަކަމަށް ވޯޓުދެއްވާފައިވަނީ 99.99 އިންސައްތަ ޙިއްޞާދާރުންނެވެ. އަދި ނުފެންނަކަމަށް ވޯޓުދެއްވާފައިވަނީ 0.001 އިންސައްތަ ޙިއްޞާދާރުންނެވެ.

 

  • ކުންފުނީގެ ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާޙުތައް ޙިއްޞާދާރުންގެ ޚާއްޞަ ޤަރާރަކުން ފާސްކޮށްފައިވެއެވެ. މިއައިޓަމަށް ފެންނަކަމަށް ވޯޓުދެއްވާފައިވަނީ 100 އިންސައްތަ ޙިއްޞާދާރުންނެވެ. އަދި ނުފެންނަކަމަށް އެއްވެސް ޙިއްޞާދާރެއް ވޯޓުދެއްވާފައިނުވެއެވެ.

 

  • ކުންފުނީގެ ޙިއްޞާދާރުންނަށް 2022 ވަނަ އަހަރު ޙިއްޞާގެ ފައިދާގެ ގޮތުގައި -/5 ރުފިޔާގެ މޫނުމަތީ އަގުގެ ކޮންމެ ޙިއްޞާއަކަށް 4/- ރުފިޔާ ބަހާގޮތަށް، ވަނީ ޙިއްޞާދާރުންގެ އިއްތިފާޤުން ފާސްކޮށްފައިވެއެވެ. މިއައިޓަމަށް ފެންނަކަމަށް ވޯޓުދެއްވާފައިވަނީ 100 އިންސައްތަ ޙިއްޞާދާރުންނެވެ. އަދި ނުފެންނަކަމަށް އެއްވެސް ޙިއްޞާދާރެއް ވޯޓުދެއްވާފައިނުވެއެވެ.

 

 

ވީމާ، މިކަން ކުންފުނީގެ އެންމެހާ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

13 ޖޫން 2024
ހޯދާ