މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލެ ސައުތުވެސްްޓް ހާބަރުން ހިދުމަތް ހޯދަމުންދާ ފަރާތްތަކުގެ ސަމާލުކަމަށް

މާލެ ސައުތުވެސްޓް ހާބަރުން ޚިދުމަތް ހޯދަމުންދާ ކަނޑުގައި ދުއްވާ އުޅަނދުތަކުގެ ސަލާމަތީ ސެޓްފިކެޓްތަކުގެ މުއްދަތު ހަމަވެފައިވާނަމަ އެ ފަދަ އުޅަނދުތަކަށް މި ހާބަރުން ޚިދުމަތް ނުދޭތީ އެކަަމާއި ގުޅިގެން ބައެއް ފަރާތްތަކުން ދިމާވާ ދަތިތަކާއި ގުޅޭގޮތުން ދަންނަވަމެވެ.

މާލެ ސައުތުވެސްޓް ހާބަރ ބޭނުންކުރާ ފަރާތްތަކުން އަމަލުކުރަންވާނެ އުސޫލު 2022 ޑިސެމްބަރ 19 ވަނަ ދުވަހު ދިވެހި ސަރުކާރު ގެޒެޓްގައި ވާނީ ޝާޢިއުކުރެވިފައެވެ. އަދި މި އުސޫލަށް 2023 ޖަނަވަރީ 01 ވަނަ ދުވަހުން އަމަލުކުރަންވަނީ ފަށާފައެވެ. މި އުސޫލުގައި ބަޔާންކުރާ ފަދައިން ޚިދުމަތް ހޯދުމަށް މުއްދަތު ހަމަނުވާ ސަލާމަތީ ސެޓްފިކެޓް މި ހާބަރަށް ހުށަހަޅަންޖެހެއެވެ. ނަމަވެސް ސަލާމަތީ ސެޓްފިކެޓްތަކުގެ މުއްދަތު ހަމަވުމުން ސެޓްފިކެޓް އައުކުރުމަށް ކަސްޓަމަރުންނަށް ބައެއް ފަހަރު ދަތިތަކާއި ދިމާވަމުންދާތީ 2024 ޖޫން 13 ވަނަ ދުވަހުން ފެށިގެން ތިރީގައި މިދަންނަވާ ގޮތަށް އަމަލުކުރުމަށް ވަނީ ނިންމާފައެވެ.

- ސަލާމަތީ ސެޓްފިކެޓް މުއްދަތު ހަމަވެފައިވަނީ ފާއިތުވެދިޔަ 3 މަސްދުވަހުގެ ތެރޭގައި ކަމުގައިވާނަމަ، އެންމެ ފަހުގެ ސެޓްފިކެޓްތައް ހުށަހެޅުން

- ސަލާމަތީ ސެޓްފިކެޓްތައް އައުކުރުމަށް ހުށަހަޅާފައިވާކަން އަންގައިދޭ ލިޔެކިޔުންތަކާއި އެކު އުޅަނދުގެ ވެރިފަރާތުން އެކަމާއި ގުޅިގެން ހުށަހަޅާ ސިޓީ

އިސްވެ ދެންނެވުނު ލިޔެކިޔުންތައް ހުށަހެޅުމުން ސަލާމަތީ ސެޓްފިކެޓް އައުކުރުމަށްފަހު މި ހާބަރަށް ހުށަހެޅުމަށް ރަސްމީ 14 ދުވަހުގެ މުއްދަތެއް ހުރިހާ ފަރާތްތަކަށްވެސް ދިނުމަށް ވަނީ ނިންމާފައެވެ.

  ވީމާ، މިކަން އަންގާ އިޢުލާން ކުރީމެވެ.

12 ޖޫން 2024
ހޯދާ