މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

 

                މިކައުންސިލުން ބޭއްވުމަށް ނިންމާފައިވާ ފިރިހެން ވޮލީ މުބާރާތް 04 ޖުލައި 2024 ވާ ބުރާސްފަތި  ދުވަހު އަދި އަންހެން ވޮލީ 26 ޖުލައި 2024 ވާ ހުކުރު ދުވަހު ގައި ފެށުމަށް ވަނީ ނިންމާފައި އެވެ.  

                ވީމާ، މި މުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 19 ޖޫން 2024 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން ނަން ނޯޓް ކުރެއްވުމުގެ ފުރުސަތު ހުޅުވާލަމެވެ. ތިރީގައިވާ ނަންބަރަށް ގުޅުއްވައިގެން ނުވަތަ ވައިބާރ ކުރައްވައިގެން ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ.

      

* މުބާރާތުގައި ބައިވެރިވުމަށް ނަންނޯޓް ކުރުމަށް

އަލީ ޒައީދު - 9847976

ވައިބާރ - 9874096

 

                  ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ޖޫން 2024
ހޯދާ