ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އަދަބީ މުބާރާތްތައް

2024ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި މި އެކެޑަމީން ކަނޑައަޅައިފައިވާ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 39ވަނަ ޤައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތާއި ހުތްޢަލިދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 27ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފައެވެ.

 މި މުބާރާތްތައް ބެހިފައި ވަނީ ތިރީގައި މި ވާ 2 ބަޔަށެވެ.

  1. އިސްކޫލުތަކުގެ ބައި

      - ދަށު ސާނަވީ ގިންތި (ކީ ސްޓޭޖް 3 – ގުރޭޑު 7، 8)

      - ސާނަވީ ގިންތި (ކީ ސްޓޭޖް 4 – ގުރޭޑު 9، 10)

      - މަތީ ސާނަވީ ގިންތި (ކީ ސްޓޭޖް 5 – ގުރޭޑު 11، 12)

  1. އަމިއްލަ ފަރާތްތަކުގެ ބައި (18 އަހަރުން ދަށުގެ އުމުރުފުރާ/18 އަހަރުން މަތީގެ އުމުރުފުރާ)

       މި މުބާރާތުގައި ބައިވެރިވާން ހުށައަޅާނީ ގޫގުލް ފޯމު މެދުވެރިކޮށެވެ. ނުވަތަ އެކެޑަމީން ކަނޑައަޅައިފައިވާ އެކްސެލް ފޯމާ އެކު މުބާރާތުގައި ބައިވެރިވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓުގެ ނުވަތަ ޑްރައިވިންގ ލައިސަންސްގެ އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖެހި ނަކަލާއި ޕާސްޕޯޓު ސައިޒްގެ ފޮޓޯއެއް، ހުށަހަޅަން ވާނެއެވެ.

އެކެޑަމީން ކަނޑައަޅައިފައިވާ އެކްސެލް ފޯމު ފުރާ ނަމަ ހުށަހަޅާނީ [email protected] މެދުވެރިކޮށެވެ.

ފޯމު ފުރިހަމަކޮށް، މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 2024 ޖުލައި 9 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިއެވެ.

ފޯމު ފުރިހަމަ ނުވާ ނަމަ އަދި ފޯމާ އެކު ހުށަހަޅަންޖެހޭ ތަކެތި ފުރިހަމަ ނުކޮށް ހުށަހަޅައިފައިވާ ފޯމުތައް ބަލައެއްނުގަނެވޭނެއެވެ.

މި މުބާރާތްތައް އޮންނާނީ 2024 އޮގަސްޓު މަހުގެ 2ވަނަ ދުވަހާއި 3ވަނަ ދުވަހުއެވެ. މުބާރާތްތައް އޮންނާނެ ތަނާއި ވަގުތެއް މުބާރާތުގައި ބައިވެރިވާ އިސްކޫލުތަކަށާއި އަމިއްލަ ފަރާތްތަކަށް، މުބާރާތް ބޭއްވުމުގެ 5 ދުވަސް ކުރިން އަންގާނެއެވެ.

މި މުބާރާތްތަކުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީންނާއި މި އެކެޑަމީގެ ވެބްސައިޓުގެ ތިރީގައި މި ވާ ލިންކުތަކުން ލިބެން ހުންނާނެއެވެ.

   މަޒުމޫނު ލިޔުމުގެ 39ވަނަ ޤައުމީ މުބާރާތް

މަޒުމޫނު ލިޔުމުގެ 39ވަނަ ޤައުމީ މުބާރާތް - 2024/އިސްކޫލުތަކުގެ ބައި (ދަށު ސާނަވީ)

https://forms.gle/3YrM4yRG6i5VmnMs8

 މަޒުމޫނު ލިޔުމުގެ 39ވަނަ ޤައުމީ މުބާރާތް - 2024/އިސްކޫލުތަކުގެ ބައި (ސާނަވީ)

https://forms.gle/UcuomoFv6K5vf7va6

މަޒުމޫނު ލިޔުމުގެ 39ވަނަ ޤައުމީ މުބާރާތް - 2024/އިސްކޫލުތަކުގެ ބައި (މަތީ ސާނަވީ)

https://forms.gle/d92vi6tPYziqYYbE7

މަޒުމޫނު ލިޔުމުގެ 39ވަނަ ޤައުމީ މުބާރާތް - 2024 އަމިއްލަ ފަރާތްތައް

https://forms.gle/BZjMsosL3zqAFA2k6

 

ކުރުވާހަކަ ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތް

ވާހަކަ ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތް - 2024/އިސްކޫލުތަކުގެ ބައި (ދަށު ސާނަވީ)

https://forms.gle/RrJPB7qgKazvnE9F7

 ކުރުވާހަކަ ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތް - 2024/އިސްކޫލުތަކުގެ ބައި (ސާނަވީ)

https://forms.gle/zqc2E7aZ9sGc6KRJA

 މަތީސާނަވީ ކުރުވާހަކަ ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތް - 2024/އިސްކޫލުތަކުގެ ބައި (މަތީ ސާނަވީ)

https://forms.gle/dELjwVDwJz5azLYe8

ކުރުވާހަކަ ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތް - 2024 (އަމިއްލަ ފަރާތްތައް)

https://forms.gle/U83XiECRQdofqf6X8

 

ޅެން ހެދުމުގެ 27ވަނަ ޤައުމީ މުބާރާތް

ޅެންހެދުމުގެ 27ވަނަ ޤައުމީ މުބާރާތް - 2024/ އިސްކޫލުތަކުގެ ބައި (ދަށު ސާނަވީ)

https://forms.gle/wxqrPevpkYFSuMNj7

 ޅެންހެދުމުގެ 27ވަނަ ޤައުމީ މުބާރާތް - 2024/ އިސްކޫލުތަކުގެ ބައި (ސާނަވީ)

https://forms.gle/djyqCCJgaPtATq9x6

ޅެންހެދުމުގެ 27ވަނަ ޤައުމީ މުބާރާތް - 2024/ އިސްކޫލުތަކުގެ ބައި (މަތީ ސާނަވީ)

https://forms.gle/aTCN5uS9a7aj8t2y6

ޅެންހެދުމުގެ 27ވަނަ ޤައުމީ މުބާރާތް – 2024 (އަމިއްލަ ފަރާތްތައް)

https://forms.gle/RTATYEYBT7ZnuLDe7

އަދި އިތުރު މަޢުލޫމާތު މި އެކެޑަމީގެ ނަންބަރު 7986230އަށް ގުޅުމުން ލިބޭނެއެވެ.

12 ޖޫން 2024
ހޯދާ