މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
މެއިންޓެނަންސް އޮފިސަރ

މި ވުޒާރާގެ މެއިންޓެނެންސާއި ގުޅޭ އެންމެހާ ކަންކަން ބަލަހައްޓައި ހަރުދަނާކޮށް އަދި ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓްގެ ދަށުން މަސައްކަތް ކުރުމަށް "މެއިންޓެނެންސް އޮފިސަރ" ގެ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފަކު ހޯދުމަށް ބޭނުންވެއެވެ.

 

 

މަޤާމުގެ މުއްދަތު:

01 އަހަރު (ޚިދުމަތް އިތުރަށް ބޭނުންވާނަމަ، މުއްދަތު އިތުރުކުރާ ގޮތަށް)

މަޤާމުގެ ގިންތި:

ވަގުތީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލީ ވުޒާރާ، ކ. މާލެ

އަސާސީ މުސާރަ:

 (އަށްހާސް ރުފިޔާ) 8000/-

އިތުރުގަޑީގެ ފައިސާ:

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

 

މަޤާމްގެ މައިގަނޑު މައްސޫލިއްޔަތު:

  • މި ވުޒާރާގެ މެއިންޓެނަންސް އާ ބެހޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ތިރީގައި މިދަންނަވާގޮތަށް ސުޕަވައިޒަރުގެ އިރުޝާދުގެމަތިން ކުރުން.

- ދުވަހުން ދުވަހަށް ހަލާކުވެފަ ހުރިތޯ ބަލާ، ލަސްނުވެ މަރާމާތު ކުރުން.

- މެއިންޓަންނަސް އާއި ބެހޭ މަސައްކަތްތައް، ހަމަޖެހިފައި އޮންނަ އުސޫލާއި ގަވާއިދާ އެއް ގޮތަށް ވެރިއެއްގެ އިރުޝާދުގެ ދަށުން ކުރުވުން އަދި ކުރުން.

- މި ވުޒާރާގެ ޢިމާރާތްތަކުގެ މަރާމާތާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ވެރިއެއްގެ އިރުޝާދުގެ ދަށުން ކުރުމާއި ކުރުވުން.

 

  • ތިރީގައި ބަޔާން ކުރެވިފައިވާ ކަންތައްތައް ހުށަހެޅޭތާ 3 ދުވަހުގެ ތެރޭގައި ހައްލުކުރުން

- ޢިމާރާތްތަކުގެ އެއަރކޯނަށް ދިމާވާ މައްސަލަތައް

- އިލެކްޓްރިކް ސިސްޓަމަށް ދިމާވާ މައްސަލަތައް

- ފާޚާނާތަކަށް ދިމާވާ މައްސަލަތައް

- ވާރޭފެނާއި ،ވޯޓަރސަޕްލައި ފެނަށް ދިމާވާ މައްސަލަތައް

 

  • އައި.ސީ.ޓީ އާ ގުޅޭ ތަކެތި މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • މި ވުޒާރާގެ ފަރާތުން އެކިފަރާތްތަކާއި ހަވާލުކޮށްގެން ކުރާމަސައްކަތްތަކުގެ ބިލް ލިބުމުން އެމަސައްކަތް ކޮށްފައިވަނީ މި މިވުޒާރާއިން މަޢުލޫމާތު ދިން ގޮތަށްތޯ އާއި، އަދި އެމަސައްކަތް ނިންމާފައި ވަނީ މި މިނިސްޓްރީ އިން ޤަބޫލު ކުރާގޮތަށް އެ ފެންވަރުގައިތޯ ބަލައި ޗެކްކުރުމަށްފަހު، އެ ބިލުގައި އެމަސައްކަތަކާބެހޭ ތަފްޞީލް ލިޔުމަށްފަހު މަސައްކަތް ނިމިފައިވާނަމަ ނިމިފައިވާ ކަމަށް ލިޔެ ސޮއި ކުރުން.
  • ދިމާވާ ކުއްލި މަރާމާތުގެ މަސައްކަތުގައާއި، އެހެނިހެން މަސައްކަތުގައި އޮފީހުގެ ވެރިން އަންގާ ގޮތަކަށް އެކަމެއް ކޮށް ނިންމުން.
  • މިނިސްޓްރީގެ ތެރޭގައި ކުރާ މަރާމާތު މަސައްކަތްތައް ހިނގަމުންދާއިރު އެމަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލުމަށް އެތަނުގައި މަޑުކުރުން.
  • މެއިންޓެނަންސް އާއި ބެހޭ ހުރިހާ ލިޔެކިޔުންތައް ސެކްޝަންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން، ފައިލްކޮށް ބެލެހެއްޓުން.
  • އޮފީހުން ބާވެގެން ގެނެވޭ ތަކެއްޗާއި ފާރނީޗަރ އަދި އެހެނިހެން ތަކެތި ސެކްޝަންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން 3 ދުވަހުގެ ތެރޭގައި ނީލަން ކިޔުމުގައި އެހީތެރިވެ ދިނުން.
  • މިވުޒާރާގެ ފަރާތުން ނީލަމަށް ފޮނުވަންޖެހޭ ތަކެތި ސެކްޝަންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން 3 ދުވަހުގެ ތެރޭގައި ހަވާލުކުރުން.
  • ބަޖެޓް ތައްޔާރު ކުރުމަށް މެއިންޓަންންސް ގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ބޭނުންވާ އެންމެހާ މަޢުލޫމާތު ހޯދައި، ސެކްޝަންގެ މުވައްޒަފުންނަށް އެހީތެރިވުން.
  • ވުޒާރާގެ ބިލްޑިންގް ފިއުމިގޭޓް ކުރުން.
  • ވުޒާރާގެ ހުރިހާ ބިލްޑިންގްތައް ސެކްޝަން ވެރިޔާގެ އިރުޝާދުގެ މަތިން ކޮންމެ 3 މަހުން އެއްފަހަރު ފިއުމިގޭޓްކުރުން.
  • މީގެ އިތުރުން މިވުޒާރާއާގުޅޭ އެންމެހާ މެއިންޓެނެންސްގެ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.

 

ލިބިފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އަދި ޤާބިލްކަން:  

  • މަޤާމްގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން (މެއިންޓަނަންސް، އިލެކްޓްރޯނިކްސް، ބިލްޑިންގ މެއިންޓަނަންސް އަދި  އެހެނިހެން) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ސަނަދެއް ހާޞިލްކޮށްފައިވުން ނުވަތަ ވަޒީފާއާ ގުޅުން ހުރި ދާއިރާއަކުން 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. 

 

މަގާމުގެ ޝަރުޠުތައް:

  • ލިޔަން ކިޔަން އެނގުމާއެކު، މަޤާމަށް ބޭނުންވާ ތަޖްރިބާ ލިބިފައި ހުރި މީހެއްކަމުގައިވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން.

 

ވީމާ، ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 25 ޖޫން 2024 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

 

ހިއުމަން ރިސޯސް ސެކްޝަން

މިނިސްޓްރީ އޮފް ފިނޭންސް / އަމީނީމަގު،މާލެ،  ދިވެހިރާއްޖެ

ޓެލެފޯން: 1617

އީމެއިލް އެޑްރެސް: [email protected]

12 ޖޫން 2024
ހޯދާ