ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

މި ޑިޕާޓްމަންޓުގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ. އެސް. 3

ސެކްޝަން: އެޗް. އާރު.

މުސާރަ:

-/4465 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

އަސާސީ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކްންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • މި ޑިޕާޓްމަންޓަށް ބޭނުންވާ މުވައްޒަފުން ހޯދުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަމެއް ކޮށް ބެލެހެއްޓުން.
  • މި ޑިޕާޓްމަންޓުގެ މުވައްޒަފުން ލެއްވުމާ ގުޅޭގޮތުން ސިވިލް ސަރވިސްގެ "ވިއުގަ" ސިސްޓަމް މެދުވެރިކޮށް ކުރަންޖެހޭ އެންމެހައި ކަމެއް ކުރުން.
  • މުވައްޒަފުންގެ ވަޒީފާ ބަޔާން ތައްޔާރުކުރުން.
  • މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ ފޯމު ތައްޔާރުކޮށް، އެ ފޯމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަމެއް ކޮށް ބެލެހެއްޓުމާއެކު ކަމާގުޅޭ ރިޕޯޓުތައް ތައްޔާރުކުރުން.
  • މުވައްޒަފުންގެ ޕަރސަނަލް ފައިލް ތައްޔާރުކުރުމާއި، ފައިލްކުރަންޖެހޭ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  • މި  ޑިޕާޓްމަންޓުގެ  މުވައްޒަފުންގެ  ވަޒީފާއާ  ގުޅޭގޮތުން  މިނިސްޓްރީ  އޮފް  ފިނޭންސްގެ  "ސެޕް"  ސިސްޓަމަށް  އަޕްލޯޑް ކުރަންޖެހޭ މަޢުލޫމާތު އެ ސިސްޓަމަށް އަޕްލޯޑްކުރުން.
  • ވަޒީފާއާ ގުޅެގޮތުން ލިޔަންޖެހޭ ސިޓީއާއި ނޯޓާއި އިޢުލާން ތައްޔާރުކޮށް ފޮނުވުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.
  • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް މީހެއް ހޮވުމަށް ބަލާނޭ ކަންތައްތައް:

ހ. ލިބިފައިވާ ތަޖުރިބާ

ށ. ޤާބިލްކަން ކަށަވަރުކުރުން

ނ. އިންޓަވިއުކޮށްގެން

އިންޓަވިއު ކުރުން:

- މި މަޤާމަށް މީހުން ހޮވުމަށް އިންޓަވިއުކުރާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ، ލަސްވެގެން މަސައްކަތު 10 ދުވަހުގެ ތެރޭގައި އަންގާނެއެވެ.

- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

 
ހުށަހަޅަންޖެހޭ ލިޔުންތައް:

 

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓުން (www.dpe.edu.mv ން) ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ތައުލީމީ ސެޓްފިކެޓްތަކުގެ ނަކަލު (އެކްރެޑިޓް ކޮށްފައިވާ ކޮޕީ)  

ނ. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، މި ވަޒީފާއަށް ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމަށް އެ މީހަކު ވަޒީފާ އަދާކުރާ އޮފީހަކުން ދީފައިވާ ލިޔުން.

ރ. ވަޒީފާއެއް އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާގެ  މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުން.

ބ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލު (ދެފުށް ފެންނާނޭހެން އަދި ލިޔުންތައް ސާފުކޮށް އެނގެން އޮތް)

ޅ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ނޯޓް:  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރާނެއެވެ.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

- މި މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް / ފިލާ ބިލްޑިންގ 2 (ބޮޑުތަކުރުފާނު މަގު) 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މޭ 24 ވާ އާދީއްތަ ދުވަހުގެ 14:30 އެވެ.

ނޯޓް:

މި އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ކުރިމަތިލާ (ޝަރުޠުހަމަވާ) މީހުންގެ ތެރެއިން މަޤާމަށް މީހަކު ކަނޑައެޅުމުގައި ތިރީގައި ބަޔާންކުރާ މަރުޙަލާތަކަށް ރިޢާޔަތް ކުރެވޭނެއެވެ.

(ހ) ޝޯޓްލިސްޓް ކުރާ މީހުންނާ އިންޓަވިއު ކުރުން.

(ށ) އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ގަޑިއަށް އިންޓަވިއުއަށް ހާޒިރުވެ ސޮއިކުރަންވާނެއެވެ. ގަޑިއަށް ހާޒިރުނުވާ ފަރާތްތަކާ އިންޓަވިއުއެއް ނުކުރާނެއެވެ.

* މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި ޑިޕާޓްމަންޓުގެ 3009339 ނަންބަރު ފޯނާއެވެ.

23 ރަޖަބު 1436

13 މޭ 2015
ހޯދާ