ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
"ޑިޕްލޮމާ އިން ސެކުއިރިޓީ އެންޑް ރިސްކް މެނޭޖްމަންޓް" ކޯހުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލުމާއި ގުޅޭ

ސަމާލުކަމަށް: މި ޚިދުމަތުން 2024 މެއި 05 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ނަންބަރު:HRD/IUL/2024/67 އިޢުލާނަށް އެކަށީގެންވާ އަދަދަށް ފޯމު ލިބިފައިނުވާތީ އިޢުލާންގެ މުއްދަތު އިތުރުކޮށް އަލުން ކުރެވިފައިވާ އިޢުލާނެއް. އަދި ބަޔާންކޮށްފައިވާ އިޢުލާނާއި ގުޅިގެން ކުރިން ފޯމް ހުށަހަޅާފައިވާ ފަރާތްތައް، މި އިޢުލާނާއި ގުޅިގެން އަލުން ފޯމް ހުށަހަޅަން ނުޖެހޭނެ ވާހަކަ ދެންނެވީމެވެ.

ކޯހުގެ ނަން: ޑިޕްލޮމާ އިން ސެކުއިރިޓީ އެންޑް ރިސްކް މެނޭޖްމަންޓް

ކޯސް ހިންގާ ފަރާތާއި ޤައުމް: ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް / ދިވެހިރާއްޖެ

ކޯސް އެވޯރޑް ކުރާ ފަރާތް: ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް

ކޯހުގެ މުއްދަތު: 12 މަސް

ކޯސް ފީ: - މަހަކު -/1500 ރުފިޔާ

       - ޖުމްލަ -/18000 ރުފިޔާ

ކޯސް ހިންގޭތަން : ކ. މާލެ

ކޯސް ފެށޭ ތާރީހް: 15 ސެޕްޓެމްބަރ 2024

ޝަރުތު:

- ޖ.ީސ.ީއީ އޭ ލެވެލް ފުރިހަމަ ކޮށްފައިވުން؛ ނުވަތަ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން؛ ނުވަތަ އެހެން ދާއިރާއަކުން ޤައުމީ ސަނަދު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަންސް އޮ ތޯރިޓީ އިން ޤަބޫލުކުރާ ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން؛ ނުވަތަ 20 އަހަރު ފުރި، ގްރޭޑް 10 ނިންމައި، ގުޅޭ ދާއިރާއަކުން 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަންސް އޮ ތޯރިޓީ އިން ޤަބޫލުކުރާ ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން.

ނޯޓް: މި ކޯހުގެ ޝަރުތުތަކުގެ ތެރެއިން ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމް ފުރިހަމަކޮށްފައިވުން ފިޔަވާ އެހެން ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް، ޑިޕްލޮމާ ކޯސް ފެށުމުގެ ކުރިން ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމް، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޯސްމަންޓްގެ ފަރާތުން ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ކޯސް މޮޑިއުލްތައް:

- ސްޓަޑީ ސްކިލްސް

- ރިސްކް އެންޑް އެމަރޖެންސީ ޕްރިޕެއާރޑްނެސް

- ލީޑަރޝިޕް ފޯރ ސެކިއުރިޓީ ޕްރޮފެޝަނަލްސް

- ލޯ

- އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ

- މެނޭޖިންގ ސެކިއުރިޓީ އޮޕަރޭޝަންސް

- ސެކިއުރިޓީ ރިސްކް މެނޭޖްމަންޓް

- ސެކިއުރިޓީ އޮފް އެސެޓްސް

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

- ފުރިހަމަކޮށްފައިވާ ކޯސް އެޕްލިކޭޝަން ފޯމް.

- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ކޯހުގައި ބައިވެރިވާން އެދޭފަރާތުގެ ތަޖްރިބާ އެނގޭނެ ލިޔުން ( އެކްޕީރިއަންސް/ރެފްރީ ލެޓާ )

- އެޓެސްޓް ކުރެވިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (ޓްރާންސްކްރިޕްޓާއެކު)

- 01 ޕާރސްޕޯޓް ސައިޒް ފޮޓޯ (އެޕްލިކޭޝަން ފޯމުގައި ހަރުކުރެވިފައި)

އިތުރު މަޢުލޫމާތު: ކޯސް އެޕްލިކޭޝަން ފޯމް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. އަދި މިކޯހާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ 9921071 އަށް ހެނދުނު 09:00 ން 13:00 އާއި ދެމެދު ގުޅުއްވުން އެދެމެވެ.

ސުންގަޑި: މިކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުން 2024 ޖުލައި 02 ވަނަ ދުވަހުގެ 00:00 ގެ ކުރިން ކޯސް އެޕްލިކޭޝަން ފޯމާއި، ހުށަހަޅަންޖެހޭ އެހެނިހެން ލިޔެކިއުންތަކާއެކު ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އީ.މެއިލް އެޑްރެސް [email protected]  އަށް ފޮނުވައިދެއްވުން އެދެމެވެ.

05 ޛުލްޙިއްޖާ 1445

11 ޖޫން 2024
ހޯދާ