ދިވެހިރާއްޖެ
ތިރީގައިވާ މައުލޫމާތާއި އެއްގޮތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
އަދަދު: 100 މީހުން
ދުވަސް: 16 ޖޫން 2024
ގަޑި: ހެނދުނު 07:00
ތަން: ގއ.ނިލަންދޫ މަސްވެރިންގެ ހިޔާ
ތަފްސީލް: ބޮލަކަށް 04 ރޮށި، މަސްހުނި، 01 ކުކުޅު ބިސް އަދި ކަޅުސައި (ޕާރްސަލް ތަށީގައި ޕެކް ކޮއްފައި)
1445 ވަނަ އަހަރުގެ އަޟްހާ ޢީދު ދުވަހުގެ ޢީދު ސައި ތައްޔާރުކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ބަޔާންކޮއްފައިވާ ގޮތަށް 13 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ކޯޓޭޝަން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށްވެސް ހުށަހަޅާ ކޯޓޭޝަން ބަލައިގަނެވޭނެއެވެ. ކޯޓޭޝަން މެއިލް ކުރައްވާނީ [email protected] މެއިލްއަށެވެ. އަދި ބޮލަކަށް 40.00 ރުފިޔާ އަށްވުރެ އަގުބޮޑު ނުވާގޮތަށް ކޯޓޭޝަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
ނޯޓް: ޕާރްސަލް ތަށި ކައުންސިލް އިދާރާއިން ފޯރުކޮއްދެވޭނެއެވެ.
މިހެންވެ، މިކަންއާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.