މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޒޯން ލައިސަންސް އުވާލުން

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޤަވައިދު ނަމްބަރު 2009/05 ( ޒޯން ލައިސަންސް ) ވަނީ މިހާރު އުވާލާފައެވެ. މި ޤަވައިދު އުވާލުމަށް ފަހު އައު ޤަވައިދު ނަމްބަރު 2021/R-102 ގައި ބަޔާން ކުރައްވާފައިވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެގުމަށްޓަކައި 3 މަސް ދުވަހުގެ މުއްދަތެއް ( 25 މޭ 2024 އިން 24 އޮގަސްޓް 2024 އަށް ) ވަނީ ދެއްވާފައެވެ. އަދި މިހާރު ޒޯން ލައިސަންސް ނަގާފައިވާ ފަރާތްތަކުން އެ ލައިސެންސް ބޭނުންކޮށްގެން 24 އޮގަސްޓް 2024 ގެ ނިޔަލަށް އެ ޒޯނެއްގައި ދުއްވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

11 ޖޫން 2024
ހޯދާ