މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ހުޅުމާލެ ޑްރައިވިންގް ސަރަހައްދު ސެކިއުރިޓީ ބެލެހައްޓައިދޭނެ ފަރާތެއް ހޯދުން

މި ވުޒާރާގެ ހުޅުމާލެ ޑްރައިވިންގް ސަރަހައްދު (ފިތުރޯނު މަގު، ލޮޓް 10909، ހުޅުމާލެ) ސެކިއުރިޓީ

ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިއުލާނާއި ގުޅިގެން ބިޑް ހުށަހެޅި ފަރާތްތަކުގެ އަގު ބޮޑުކަމަށް ފެންނާތީވެ އަލުން އިޢުލާން ކުރުމަށް ނިންމީއެވެ.  

ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2024 ޖޫން 27 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 އަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާ، އުމަރު ޒާހިރު ބިލްޑިންގ (ލޮޓް ނަމްބަރު 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ) ގެ 3 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށެހެޅުއްވުން އެދެމެވެ. މި އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާހާ އަދި ހުށަހަޅަންޖެހޭ ފޯމްތައް މި އިޢުލާނާއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

11 ޖޫން 2024
ހޯދާ