މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
ދިވެހިރާއްޖެ
ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ

                             އިޢުލާން

މަޤާމް:

ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ

 

މަޤާމުގެ ނަންބަރު:

J-397460

 

ބޭނުންވާ އަދަދު:

01 (އެކެއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކް:

އެމް.އެސް 3

 

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން.

 

ޑިޕާޓްމަންޓް / ސެކްޝަން:

ކޯޕަރޭޓް ޑިޕާޓްމަންޓް، ހިއުމަން ރިސޯސް ސެކްޝަން.

 

މަސައްކަތު ގަޑި:

ހެނދުނު 08:00 ން މެންދުރު 14:00 އަށް

 

މުސާރަ:

މަހަކު 7,035.00 ރުފިޔާ

 

ސަރވިސް އެލެވަންސް:

ސަޕޯޓިންގ ކޯ އެލަވަންސް 2:

މަހަކު 2,000.00 ރުފިޔާ

މަހަކު 900.00 ރުފިޔާ

 

އެހެނިހެން އެލަވަންސް

1. ޓެކްނިކަލް ކޯ އެލަވަންސް ގޮތުގައި މަހަކު 1969.80 ރުފިޔާ (މަޤާމުގެ އަސާސީ މުސާރައިގެ %28). ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސް 2  ގޮތުގައި -/900 ރުފިޔާ ލިބޭނެއެވެ.

2.ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

4. ސްޕެޝަލް ޑިއުޓީ އެލަވަންސް ގޮތުގައި މުސާރައިގެ %35.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީގެ މުވައްޒަފުން ޗުއްޓީއަށް އެދުމުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެމުވައްޒަފަކަށް ޗުއްޓީ ދިނުމުގެ ކަންތައްތައް ކުރުވުން.
  2. ކޮންމެ މަހެއްގެ 20 ގެ ކުރިން މުވައްޒަފުންގެ މުސާރައަށް ބޭނުންވާ އިތުރު ގަޑި އާއި ބަންދު ދުވަހުގެ ފައިސާ އަދި ޝިފްޓް ޑިއުޓީ އެލަވަންސް ހަދާތޯ ބަލައި އެކަންތައްތައް ހިނގާ ނުހިނގާގޮތް ބަލައި އެކަންތައްތައް ކުރުވުން.
  3. ބިދޭސީ މުވައްޒަފުންނަށް ވަޒީފާއާއި ގުޅޭ ހުރިހާ މަސައްކަތެއް ހިނގާ ނުހިނގާގޮތް ބަލައި އެކަންތައް ކުރުވުން. މީގެ ތެރޭގައި ބިދޭސީންގެ ވިސާ ފީ މުއްދަތު ހަމަނުވަނީސް ފައިސާ ދެއްކުން އަދި މުއްދަތު ހަމަނުވަނީސް ބިދޭސީންގެ ވޯކް ޕާމިޓް އާކޮށްފައިވޭތޯ ބެލުން.
  4. އަހަރީ ރިޕޯޓް ތައްޔާރުކޮށް ކޮންމެ އަހަރެއްގެ ޖަނަވަރީ 10 ގެ ކުރިން އެޑްމިނަށް ހަވާލުކުރުން.
  5. ކޮންމެ މަހެއްގެ 05 ވަނަ ދުވަހުގެ ކުރިން ޑިޕާޓްމަންޓްގެ މަންތުލީ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  6. މިނިސްޓްރީގެ ސްޓްރަކްޗަރއަށް ގެންނަންޖެހޭ ބަދަލު ގެނައުމުގެ މަސައްކަތް ޑިޕާޓްމަންޓް ވެރިޔާގެ ލަފާގެ މަތިން ކުރުން.
  7. މިނިސްޓްރީގެ މުވައްޒަފުންގެ ސްޓާފް ކާޑް އަދި ސްޓާފް ޓީ-ޝާޓް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުވައި ބެލެހެއްޓުން.
  8. ޓްރޭނިންގތަކާއި ގުޅޭ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބަލައި އެމަސައްކަތްތައް ކުރުވުން.
  9. މުވައްޒަފުންގެ ޕާރަސަނަލް ފައިލްތައް އަޕްޑޭޓް ކުރޭތޯ ބެލުމާއި ސިވިލް ސާރވިސް ޤަވާއިދުގެ ދަށުން ކޮންމެ މުވައްޒަފެއްގެ ފައިލް ގައި ހުންނަންޖެހޭ ލިޔެކިޔުންތައް ފުރިހަމައަށް ކޮށްފައިވޭތޯ ބެލުން.
  10. ޑިޕާރޓްމަންޓްގެ ލިޔެ ކިޔުންތައް ފުރިހަމަ އިންތިޒާމެއްގެ ދަށުން ތަރުތީބު ކުރެވި ފަސޭހައިން އެތަކެތި ފެންނާނެ އިންތިޒާމް ހަމަޖެއްސުން.
  11. މިނިސްޓްރީގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުމުގެ ހުރިހާ މަސައްކަތްތައް ހިނގާ ނުހިނގާގޮތައް ބަލައި އެކަންތައް ކުރުވައި މަސައްކަތްތަކުގެ އަޕްޑޭޓް ދުވަހުން ދުވަހަށް ޑިޕާޓްމަންޓްގެ ހެޑަށް ދިނުން.
  12. އަލަށް ވަޒީފާއަށް ވައްދާ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން އަދި ވަޒީފާ ބަޔާން ތައްޔާރު ކުރުމަށްފަހު ސޮއި ކުރުމުގެ ހުރިހާ ކަމެއް ހިނގާ ނުހިނގާގޮތް ބަލައި އެކަންތައް ކުރުވުން.
  13. މިނިސްޓްރީގެ ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ކޮމެޓީއަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުނުން އަދި ކޮމެޓީގެ ނިންމުންތައް ލިބުމުން ހަވާލުކުރަންޖެހޭ މުވައްޒަފުންނާއި ހަވާލުކޮށް ނިންމުންތައް ތަންފީޒް ކުރުން.
  14. އެޓެންޑެންސް ސޮފްޓްވެއަރއަށް ހުރިހާ މުވައްޒަފުންގެ މައުލޫމާތު އެންޓަރކުރުވައި މުވައްޒަފުންގެ ހާޟިރީ ބެލެހެއްޓުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބަލައި އެކަންތައް ކުރުވުން. އަދި މުސާރައަށް ބޭނުންވާ ހާޟިރީ ރިޕޯޓް ކޮންމެ މަހެއްގެ 20 ވަނަ ދުވަހު ތައްޔާރު ކުރުވުން.
  15. މެންޑޭޓްގައިވާ އެހެނިހެން މަސައްކަތްތައް ހާސިލް ކުރުމަށް މިނިސްޓްރީގެ މުވައްޒަފުންނާއިއެކު މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

1.  މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނާރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓާރސް ޑިގްރީއިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. ހިއުމަން ރިސޯސް

މަޤާމުގެ ތައުލީމީ ރޮނގުތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. ބިޒްނަސް މެނޭޖްމަންޓް
  3. ހިއުމަން ރިސޯސް މެނޭޖްމަންޓް
  4. ޕަބްލިކް އެޑްމިނިސްޓްރޭޝަން 

ކޯ ޑިސިޕްލިންގ:

1. ހިއުމަން ރިސޯސް މެނޭޖްމަންޓް 

ޕްރިފަރޑް ޑިސިޕްލިންގ:

މި މަޤާމަށް ޕްރިފަރޑް ޑިސިޕްލިންގ ކަނޑައެޅިފައިނުވެއެވެ.

ނޯޓް: ކޯ ޑިސިޕްލިންގ އާ ގުޅޭ ސެޓްފިކެޓެއް، ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިންގ އަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ގެ (www.sports.gov.mv) ވެބްސައިޓުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/Announcement/ViewDownloads/4

   2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

   3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ  (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.

   4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

   5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ : ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 (ށ) ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ނޯޓް: މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 (ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން /https://myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ އަންގައިދޭ ރެފަރެންސް ޗެކް ފޯމު."

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި މަސައްކަތު ތަޖުރިބާ.
  • ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
  • ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ގެ (www.sports.gov.mv) ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ޖޫން 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް [email protected] މެދުވެރިކޮށެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ، ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަމާއި އިއުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިމްތިހާން، ޕްރެސެންޓޭޝަން އަދި އިންޓަވިއުއޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާން، ޕްރެސެންޓޭޝަން އަދި އިންޓަވިއު އޮންނާނީ، 26 ޖޫން 2024 އާއި 25 ޖުލައި 2024 އާ ދެމެދު، މިނިސްޓްރީ އޮފް ސްޕޯޓްސް،ފިޓްނަސް އެންޑް ރެކްރިއޭޝަން (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް   ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2    ފޯމު)" އާންމުކުރުން.

 

 

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ނުވަތަ އީ-މެއިލް [email protected] މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347329  ނުވަތަ  3347316 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއ ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެންހުންނާނެއެވެ.

 

11 ޖޫން 2024
ހޯދާ