މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާދެމުމާއި ، ފައިގަތަޅާ މުބާރާތާއި ގުޅޭ

               އަޟްޙާ އީދާ ދިމާކޮށް މި ކައުންސިލްއިން އިންތިޒާމްކޮށްގެން  ވާދެމުމުގެ މުބާރާތަކާއި ފައިގަތަޅާ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ދެމުބާރާތަކީ އަންހެން އަދި ފިރިހެން (ދެޖިންސަށް) ހުޅުވައިލައިގެން  ބިދޭސީންވެސް ހިމެނޭގޮތަށް ބޭއްވޭ މުބާރާތްތަކެކެވެ. ވީމާ މިދެމުބާރާތަށް ޓީމް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 13 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 21:00ގެ ކުރިން ޓީމްލިސްޓްހުށަހެޅުއްވުން އެދެމެވެ. ޓީމްލިސްޓް ހުށަހެޅުއްވުމަށް ގުޅުއްވާނީ 7335057 އަށެވެ.  އަދި 2 މުބާރާތުގެވެސް 1 ވަނަ ޓީމަށް 2000 ރުފިޔާގެ ފައިސާގެ އިނާމް ލިބޭނެއެވެ.

ކޮންމެ ޓީމެއްގައިވެސް ހިމެނޭނީ 10 ކުޅުންތެރިންނެވެ.

                    މިހެންވެ މިކަން ޢާމުކޮށް އަންގާ އިޢުލާން ކުރީމެވެ.

11 ޖޫން 2024
ހޯދާ