ކ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ނީލަން ކިޔުން

                                                

   ނަންބަރު: (IUL)GS36/N/2024/003

 

 

ނީލަމާއިބެހޭ މަޢުލޫމާތު

މިއިދާރާގެ ބެލުމުގެދަށުގައި ހުރި ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔަން ބޭނުންވެއެވެ. ނީލަންކިޔުން އޮންނާނީ 13 ޖޫން 2024 ވާ ބުރާސްފަތި ދުވަހު މެންދުރު 11:30 ގައި ކ.އަތޮޅު މަދަރުސާގައެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް ތިރީގައި އެވަނީއެވެ.

ކޯޑު

މުދާ

GS36/N/001

ޑެސްކު

GS36/N/002

އޮފީސް ގޮނޑި (ލޯބެކް)

GS36/N/003

ކީ ބޯޑު

GS36/N/004

މައުސް

GS36/N/005

ލޭންޑް ފޯން

GS36/N/006

މޮނީޓަރ

GS36/N/007

ބޮޑު ދޮރު

GS36/N/008

ދޮރުފަތް

GS36/N/009

އިސްކުރު

GS36/N/010

ބޯލްޓް

GS36/N/011

ބާ ދަގަނޑު

GS36/N/012

½ ކިލޯ ޖަނަރޭޓަރ

GS36/N/013

4 ފޫޓް ހޮޅިބުރި ތަންމަތު

GS36/N/014

ދަގަނޑު (ހާރޑަލްސް)

GS36/N/015

ކަޅު ހަން (ތާނގި)

ނީލަންކިޔުމުގެ އުސޫލު

 

1. ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.

2. ނީލަމެއް ކުރިއަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަ ނުވާނަމަ، ދެވަނަ ފަހަރަށް އިޢުލާނުކޮށް، 2 ނުވަތަ 1 ބައިވެރިންގެ ހާޒިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.

3. ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.

4. ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރި ފަރާތަށް، "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ހަވާލުކުރެވޭނެއެވެ.

5. ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި މި މަދަރުސާގެ އިދާރާއަށް ނުވަތަ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ދައްކައި ޚަލާޞްކުރަންވާނެއެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާޞްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަންކިޔުމަށް އިއުލާނުކުރެވޭނެއެވެ.

11 ޖޫން 2024
ހޯދާ