މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ލޮރީ މަރާމާތު ކުރުމަށް ބޭނުންވެއްޖެ

މި މިނިސްޓްރގައި ބޭނުންކުރާ C2A1089 ނަންބަރު ލޮރީ މަރާމާތު ކުރުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 17 މޭ 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 19 މޭ 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020219 ފޯނަށެވެ.

23 ރަޖަބު 1436

12 މޭ 2015
ހޯދާ