މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ROK-KAU 2024 Korea’s Fellowship Programme on Global Aviation Policy

 

ROK-KAU 2024 Koreas Fellowship Programme

on Global Aviation Policy

 

ކޮރެއާގެ އެރޯސްޕޭސް ޔުނިވަރސިޓީއިން ހިންގާ "އާރް.އޯ.ކޭ-ކޭ.އޭ.ޔޫ 2024 ކޮރެއާ ފެލޯޝިޕް ޕްރޮގްރާމް އޮން ގްލޯބަލް އޭވިއޭޝަން ޕޮލިސީ" އަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް އެފަރާތުން ވަނީ އަންގާފައެވެ. މިއީ 17 މަސްދުވަހުގެ ތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ މާސްޓަރސް ޑިގްރީ ޕްރޮގްރާމްއެކެވެ. 

ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ޖޫން 2024 ގެ ކުރިން އެފަރާތުގެ އެޕްލިކޭޝަން [email protected] އީ.މެއިލް އެޑްރެސް މެދުވެރިކޮށް ހުށަހެޅުން އެދެމެވެ. މި ޕްރޮގްރާމާ ބެހޭ މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު http://eng-grad.kau.ac.kr/sub6_4_a.php ވެބްސައިޓް އިން ލިބެން ހުންނާނެއެވެ.

.........................................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން          ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ.

10 ޖޫން 2024
ހޯދާ