މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓުވަރިސްޓް ހޮޓާ، ގެސްޓްހައުސް ހެދު،މަށް ބިން ކުއްޔަށް ދޫކުރުން

ޓުވަރިސްޓް ހޮޓާ ، ގެސްޓްހައުސް  ހެދުމަށް ބިން ކުއްޔަށް ދޫކުރުން 

                200 ކޮޓަރި ހިމެނޭގޮތަށް ޓުވަރިސްޓް ހޮޓާ ނުވަތަ ގެސްޓްހައުސް  ހަދައި ހިންގުމަށް ކ. ހިންމަފުށީ ކުރީގެ ފުޓްބޯޅަދަނޑުގެ ސަރަހައްދުން ލޭންޑްޔޫޒް ޕްލޭންގައި ފާހަގަކުރެވިފައިވާ  މިއިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ޗާޓްގައި ފާހަގަކުރެވިފައިވާ  52107 (ފަންސާސް ދެހާސް އެއްސަތޭކަ ހަތެއް )  އަކަފޫޓްގެބިން   50 ( ފަންސާސް)  އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް، ކ. ހިންމަފުށި ކައުންސިލްގެ ފަރާތުން ހުޅުވާލައިފީމެވެ.

                މިބިމުގައި އަމިއްލަ ޚަރަދުގައި ޓުވަރިސްޓް ހޮޓާލެއް ޢިމާރާތްކޮށް، އަދި އެ ޓޫރިސްޓް ހޮޓާ ޢިމާރާތްކުރުމަށްފަހު އެ ޓޫރިސްޓް ގެސްޓް ހައުސް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން، ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކަށް،  ތިރީގައިވާގޮތުގެމަތިން ބިޑުޕްރޮޕޯސަލް ގަނެހުށަހެޅުއްވުން އެދެމެމެވެ  

ތަފްޞީލް

މުއްދަތު

ގަޑި

ތަން

ބިޑު ޑޮކިއުމެންޓް ވިއްކުން

(ބިޑެއް ވިއްކުމަށް ހަމަޖެހިފައިވަނީ 25000.00 ރުފިޔާއަށް )

24 ޖޫން 2024 ވާ ހޯމަ ދުވަހުން ފެށިގެން 01 ޖުލައި  2024 ވާ ހޯމަ  ދުވަހަށް

ރަސްމީ ކޮންމެ ދުވަހެއްގެ 10:00 ފެށިގެން 12:30

ހިންމަފުށީ ކައުންސިލްގެ އިދާރާއިން

ޕްރީބިޑް މީޓިން   

  3 ޖުލައި   2024  ވާ ބުދަ ދުވަސް

މެންދުރު 13:00 

ހިންމަފުށީ ކައުންސިލްގެ އިދާރާ

ބިޑު ހުށަހެޅުން

( ޕްރޮޕޯސަލް ހުށަހެޅުން )

15  ޖުލައި 2024 ވާ ހޯމަ

މެންދުރު 13:00

ހިންމަފުށީ ކައުންސިލްގެ އިދާރާ

 

މި ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅުއްވާނީ، ބިޑްޑޮކިއުމަންޓް ބައްލަވައިގަތުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު  ކ. ހިންމަފުށީ ކައުންސިލްގެ އިދާރާއަށެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ކ. ހިންމަފުށީ ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.އަދި މިއިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

                މި ބިމުގައި އަމިއްލަ ޚަރަދުގައި ޓޫރިސްޓް ހޮޓާ އަދި ގެސްޓްހައުސް ޢިމާރާތްކޮށް، ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވަނީ، ދިވެހި ރައްޔިތުންނަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕާޓްނަރޝިޕަކަށް ނުވަތަ ކުންފުންޏަކަށެވެ. މިއިން ޕާޓްނަރޝިޕެއްގައި ނުވަތަ ކުންފުންޏެއްގައި ބިދޭސީ ފަރާތެއްގެ ހިއްސާ އޮވެގެންނުވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/25000ރ (ފަންސަވީސްހާސްރުފިޔާ)  އަށެވެ. ބިޑް ގަތުމަށް ޚަރަދުކުރާ ފައިސާއަކީ އަބުރާދެވޭ ފައިސާއެއް ނޫނެވެ.

                ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމާއެކުގައި އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ސޮއިކުރުމަށްފަހު ހުށަހަޅަނީ، އެ ފޯމު މެދުވެރިކޮށް ގަންނަ ބިޑް ޑޮކިއުމަންޓުގައިވާ ގޮތުގެމަތިން ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްނޫން އެހެންފަރާތަކުން ކަމުގައިވާނަމަ، އޭނާ އެ ބިޑް ޑޮކިއުމަންޓް ގަތުމަށާއި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ ޕަވަރ އޮފް އެޓަރނީއެއް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުން ކަމުގައިވާނަމަ، އެކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ޕާރޓްނަރޝިޕްއަކުން ކަމުގައިވާނަމަ، އެ ޕާރޓްނަރޝިޕްގެ ރެޖިސްޓްރޭޝަން ސެޓްފިކެޓް ގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ވަކި ފަރުދަކު ކަމުގައިވާނަމަ، އޭނާގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

                ބިޑް ހުށަހަޅަންޖެހޭނީ،  ބިޑު ޑޮކިއުމެންޓްގައިވާ ގޮތުގެމަތިން ހުރިހާ މައުލޫމާތު ތަކެއް ފުރިހަމަކޮށް  ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި،15 ޖުލައި  2024  ދުވަހުގެ މެންދުރުފަހު 13:00 އަށް ކ. ހިންމަފުށީ ކައުންސިލްގެ އިދާރާއަށެވެ. ޕްރީ ބިޑް މީޓިންގ އަށް ޙާޟިރުނުވި ނަމަވެސް ބިޑް ގަނެފައިވާނަމަ ބިޑް ހުށަހެޅޭނެއެވެ.

                މިހެންވެ މިކަންޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

10 ޖޫން 2024
ހޯދާ