މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ ގޮއިދޫއިން އެއްގަމު ލައިސަންސް ހުއްޓާލުން

ބ ގޮއިދޫއިން އެއްގަމު ލައިސަންސް ހުއްޓާލުން

           މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤަވައިދު ނަމްބަރު 2009/05 ( ޒޯން ލައިސަންސް ) ވަނީ މިހާރު އުވާލެވިފައެވެ. މި ޤަވައިދު އުވާލުމަށް ފަހު އައު ޤަވައިދު ނަމްބަރު 2021/R-102 ގައި ބަޔާން ކުރައްވާފައިވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެގުމަށްޓަކައި 3 މަސް ދުވަހުގެ މުއްދަތެއް ( 25 މޭ 2024 އިން 24 އޮގަސްޓް 2024 އަށް ) ވަނީ ދެއްވާފައެވެ. އަދި މިހާރު ޒޯން ލައިސަންސް ނަގާފައިވާ ފަރާތްތަކުން އެ ލައިސެންސް ބޭނުންކޮށްގެން 24 އޮގަސްޓް 2024  ގެ ނިޔަލަށް އެ ޒޯނެއްގައި ދުއްވޭނެ ވާހަކަ ދެންނެވީމެވެ.

       ވީމާ މި ކައުންސިލުން ދެމުން އަންނަ ޤަވައިދު ނަމްބަރު 2009/05 ޒޯން ލައިސެންސް މިހާރު ހުއްޓާލައިފައިވާ ވާހަކަ ދަންނަވަމެވެ.

                މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ޖޫން 2024
ހޯދާ