ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ކަލައިދޫ ޢީދު އުފާ މަސް ރޭސް އުޞޫލް 2024

                                                                       

   ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ އިދާރާ

         ލ.ކަލައިދޫ

          ދިވެހިރާއްޖެ.

 

ކަލައިދޫ ޢީދު އުފާ މަސް ރޭސް އުޞޫލް 2024

 ތަޢާރަފް           

މި އުޞޫލަކީ އަޟުހާ ޢީދު އުފަލުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުމުގެ ބޭނުމުގައި ރަށުތެރެއިން ބައިވެރިވާ ޓީމްތަކެއްގެ މެދުގައި ވަކި އުޞޫލުތަކަކާއި ޤަވައިދު ތަކެއްގެ މަތިން "ކަލައިދޫ ޢީދު އުފާ މަސް ރޭސް 2024" ގެ ނަމުގައި ބާއްވާ މަސްރޭހެކެވެ.

  މަސްރޭހުގެއިންތިޒާމުކޮމިޓީ

މި މަސްރޭހުގެ އެންމެހައި ކަންތައް ބެލުމަށްޓަކައި 7 (ހަތް) މެންބަރުންގެ ކޮމިޓީއެއް ކައުންސިލުން އެކުލަވާލާނެއެވެ. މި މަސްރޭހާއި ގުޅޭ ހުރިހާ ކަންތައްތަކެއް ހިންގާ ބަލަހައްޓާނީ މި ކޮމެޓީންނެވެ.

ޢީދު އުފާ މަސްރޭހުގެ އާންމު އުޞޫލާއި ޤަވައިދުތައް

  1. މަސްރޭހުގައި ބައިވެރިވުން
  • ބައިވެރިވުމަށް ކައުންސިލުން އާންމުކޮށް އިއުލާންކުރުމުން ޖަދުވަލު 1 ގައިވާ ފޯމް ފުރުމަށްފަހު އިޢުލާންގައިވާ މުއްދަތުގައި ހުށަހަޅަންވާނެއެވެ.
  • މި މަސްރޭހުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.
  • މަސް ރޭހުގައި ބައިވެރިވާ ކޮންމެ ޓީމަކަށްވެސް ނަމެއް ދީފައި އޮންނަން ވާނެއެވެ. އަދި ކޮންމެ ޓިމެއްގައިވެސް ޓީމު ލީޑަރަކު(ކެޔޮޅު) ހުންނަން ވާނެއެވެ.
  • ކޮންމެ ޓީމެއްގައިވެސް ހިމަނަންވާނީ މަދުވެގެން 5 މީހުން ނުވަތަ ގިނަވެގެން 8 މީހުންނެވެ. އަދި އެއްވެސް މުއައްސަސާއެއްގެ ނަމުގައި މަސްރޭހުގައި ބައިވެރި ނުވެވޭނެއެވެ.

 

  1. މި މަސްރޭހުގައި ހޮވުމަށް ކަނޑައެޅިފައި ވަނީ:
  • މަސްރޭހުން 1 ވަނަ އެންމެ މަތިން ކިލޯކިރާ ޓީމަކަށް 3000ރ ރުފިޔާ
  • މަސްރޭހުން 2 ވަނަ އެންމެ މަތިން ކިލޯ ކިރާ ޓީމަކަށް 2000ރ ރުފިޔާ
  • މަސްރޭހުން 3 ވަނަ އެންމެ މަތިން ކިލޯ ކިރާ ޓީމަކަށް 1500ރ ރުފިޔާ
  • މަސް ރޭހުގައި ބައިވެރިވާ ޓީމްތަކުގެ ތެރެއިން އެންމެ ބަރު މަސް ބާނާ ފަރާތަކަށް 500ރ
  1. މަސްރޭހުގައި ބައިވެރިވުމަށް ބަނދަރުން ފުރާއިރު އުޅަނދުގައި ތިބޭ ޓީމް މެންބަރުންގެ އަދަދު ބެލޭނެއެވެ. ބަނދަރުން ފުރާފަހުން އުޅަނދަށް އިތުރު މެންބަރުން އެރުވުމަކީ ( ގަޑިއަށް ނާދެވޭ ޓީމް މެންބަރެއް ކަމުގައިވިޔަސް) މަނާކަމެކެވެ. އެއްވެސް ސަބަބަކާ ހުރެ ގަޑިއަށް މަސްރޭހަށް ނުފުރިއްޖެނަމަ ނުވަތަ ގަޑިއަށް އަނބުރާ ނާދެވިއްޖެނަމަ އެ ޓީމެއް ޑިސްކޮލިފައި ކުރެވޭނެއެވެ.
  2. ކޮންމެ ޓީމެއްވެސް މަސްބާނަން ދާންވާނީ ވަކި އުޅަނދެއްގައެވެ.

5.މަސް ދަތުރު ބޭއްވުމަށް ހަމަޖެހިފައިވަނީ 20 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ލ.ކަލައިދޫ ބަނދަރު  ސަރަޙައްދުންނެވެ. މަސްރޭހުގައި ބައިވެރިވާ ހުރިހާ އުޅަނދެއް 10:45 ގައި ބަނދަރުގައި އޮންނަންވާނެއެވެ.

6. މަސްރޭހުގައި ވަނަ ކަނޑައަޅާނީ ބާނާ މަސްތަކުގެ ބަރުދަނަށް ބަލައިގެންނެވެ.

  1. މަސް ރޭހުގައި ބައިވެރިވާ އެއްވެސް ޓީމަކުން ދިރޭ އެން ބޭނުންކޮށްގެން ނުވާނެއެވެ.
  2. މަސް ރޭހުގެ ބައިވެރިން އެނބުރި ކަލައިދޫ އަށް އަންނާނީ 20 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 17:00 ގައެވެ.
  3. ރަށަށް އައުމަށް ކަނޑައެޅިފައިވާ ގަޑިއަށް ހުރިހާ ޓީމު ތަކެއްވެސް ބަނދަރުގެ އެތެރެއަށް ވަންނަންވާނެއެވެ.
  4. ރޮދުލުމާއި، ދާ އަޅައިގެން މަސްހިފުމާއި، ބަޑިޖަހައިގެން މަސްހިފުމާއި، އިލިފަ ޖަހައިގެން މަސްހިފުން ނުވަތަ ދަގަނޑު ޖަހައިގެން ގެނައި މަހެއް ކަމަށް ކޮމެޓީއަށް ފެނިއްޖެ ޙާލަތެއްގައި އެ މަހެއް މަސްކިރުމުގެ ތެރޭގައި ނުހިމެނޭނެއެވެ.
  5. މަސް ރޭހުގައި ކުރަންވާނީ ފަރުމަސްވެރިކަމެވެ. (ކަޅުބިލަމަސް، ކަންނެލި، ރާގޮނޑި، ލައްޓި، ކުރުމަސް،ހިބަރު އަދި ގޮދާ ކިރުމުގައި ނުހިމެނޭނެއެވެ.)
  6. ޓީމުތަކުން ބާނާ މަސްތަކުގެ ތެރެއިން މަހުގެ ބޮޑުމިނުގައި 5 އިންޗި ހަމަނުވާނަމަ ކިރުމުގައި ނުހިމެނޭނެއެވެ.
  7. ކުރިއާލާ މަސްހިފާ ކޮށިކޮށްޓަށް އަޅާ ބެހެއްޓުމަށްފަހު މަސް ރޭސް އޮންނަ ދުވަހު ނަގައިގެން ގެނައި މަސް ކަމުގައި ހެއްކާއިއެކު ފާހަގަ ކުރެވިއްޖެނަމަ އެ ޓީމެއް މުބާރާތުން ޑިސްކޮލިފައި ކުރެވޭނެއެވެ.
  8. ކޮންމެ ޓީމަކުންވެސް އެންމެ ބަރުމަސް ބާނާ މީހާ މަސްބޭނުމަށްފަހު ކަންވާރުން މަސް ނުނައްޓާ މަހާއިއެކު ފެންނަން ހުންނާނެހެން ފޮޓޯ ނަގަން ވާނެއެވެ. ފޮޓޯއެއް ނެތް ކަމުގައިވާނަމަ އެންމެ ބަރު މަސް ބޭނި މީހުންގެ ތެރޭގައި ނުހިމެނޭނެއެވެ.
  9. މަސްކިރާ ނިމުމުން ހުރިހާ ޓީމަކުންވެސް އެ ޓީމަކުން ބޭނި މަހެއް ހުޅުނބު ޖަހާ ޅިޔައަޅައި ސާފުކުރުމަށްފަހު މަސް ފިހުމަށް ތައްޔާރުކުރަންވާނެއެވެ. މަސް ރޭހުގައި ބައިވެރިވި ހުރިހާ ޓީމެއްގެ މެންބަރުންވެސް މަސް ފިހުމުގެ ހަރަކާތުގައި ބައިވެރިވާން ވާނެއެވެ.
  10. ދިވެހިރާއްޖޭގެ އިޤްތިޞާދު ހިމެނޭ ސަރަޙައްދުގައި ސަރުކާރުން ޙިމާޔަތްކޮށްފައިވާ އެއްވެސް ބާވަތެއްގެ މަހެއް ބޭނިއްޖެނަމަ އެ އެއްޗަކަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ފަހު އެ އެއްޗެއް ދޫކޮށްލަންވާނެއެވެ. އެއްވެސް ޓީމަކުން ޤަވައިދުގައިވާ އެއްވެސް މާއްދާއަކާއި ޚިލާފުވެފައިވާކަން އިންތިޒާމް ކޮމެޓީއަށް ފާހަގަ ކުރެވިއްޖެ ޚާލަތެއްގައި އެ ޓީމެއް މުބާރާތުން ޑިސްކޮލިފައި ކުރެވޭނެއެވެ. އަދި މި އުޞޫލުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ ކައުންސިލްގައި މަޝްވަރާކުރުމަށްފަހު އެކަމެއް ނިންމާނީ މަސްރޭހުގެ އިންތިޒާމް ކޮމެޓީއިންނެވެ.

 

 

 

 

                                                                 

                                       

 

 

 

ޖަދުވަލު-1

 

ކަލައިދޫ ޢީދު އުފާ މަސް ރޭސް 2024 ގައި ބައިވެރިވުމަށް އެދޭ ފޯމް

 

ޓީމުގެ ނަން

 

ޓީމު ލީޑަރ(ކެޔޮޅު) ފުރިހަމަ ނަމާއި ފޯނު ނަންބަރ

 

ޓީމުގެ ކުލަ

 

 

 

#

މެމްބަރުގެ ފުރިހަމަނަމާއި އެޑްރެސް

ފޯނު ނަންބަރ

1

 

 

2

 

 

3

 

 

4

 

 

5

 

 

6

 

 

7

 

 

 

 

"ކަލައިދޫ ޢީދު އުފާ މަސް ރޭސް އުޞޫލް 2024" އުޞޫލަށް ޙުރުމަތްތެރިކޮށް ހިތުމަށް އެއްބަސްވަމެވެ.

ޓީމުގެ ފަރާތުން ނަން:

ސޮއި:

ތާރީޙް:

 

 

ނޯޓް: މި ފޯމާއި އެކު ބައިވެރިންގެ އައިޑީ ކާޑް ކޮޕީ ހުށަހަޅަން ޖެހޭނެއެވެ.

10 ޖޫން 2024
ހޯދާ