ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ އަޟްހާ ޢީދު ކުޅިވަރު ކުޅޭ ވަގުތުތަކުގައި ގާޑިޔާ ބެހެއްޓުމުގެ ފުރުޞަތު ހުޅުވާލުން؛

1445 ވަނަ އަހަރުގެ އަޟްހާ ޢީދު ކުލަގަގޮތެއްގައި ފާހަގަކުރުމުގެ ގޮތުން 2024 ޖޫން 16 ވަނަ ދުވަހުން ފެށިގެން 2024 ޖޫން 21 ވަނަ ދުވަހުގެ ނިޔަލަށް އެކި ކުޅިވަރުތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި ހަރަކާތް ކުރިއަށްދާ ވަގުތު އެސަރަޙައްދުގައި ކާބޯތަކެތީގެ 05 ގާޑިޔާ ބެހެއްޓުމަށް ބޭނުންވެއެވެ.

ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ރަޖިސްޓްރޭޝަން ފީ ދައްކަވާ  ނަންނޯޓް ކުރައްވައި ފަރާތަކަށެވެ. ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ކޮންމެ ގާޑީޔާއަކަށް 500ރ (ފަސްސަތޭކަ ރުފިޔާ) ގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ގާޑިޔާ ބެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 ޖޫން 13 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ރަޖިސްޓްރޭޝަން ފީ ދައްކަވައި ނަންނޯޓް ކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                     

09 ޖޫން 2024
ހޯދާ