ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ލެބޯޓްރީ ކަބަޑު ތައްޔާރުކޮށް ހަރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން ނަންބަރ: GS-26/IUL/2024/21

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 

މި މަރުކަޒުގެ ލެބޯޓްރީ ކަބަޑު ތައްޔާރުކޮށް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަށް ބޭނުންވެއްޖެ

 

ލެބޯޓްރީ ކަބަޑު ތައްޔާރުކޮށް ހަރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS-26/IUL/2024/18 (22 މޭ 2024)އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް ލިބިފައިވާ ބަޖެޓަށްވުރެ ބޮޑުވެފައިވާތީ، މަޢުލޫމާތުތަކަށް ބަދަލުތަކެއް ގެނައުމަށްޓަކައި އެ ބީލަންތައް ބާތިލުކޮށް 2 ވަނަ ފަހަރަށް މި މަސައްކަތް ކުރުމަށް  ބީލަން (ޕްރޮޕޯސަލް) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިވާ ތާވަލާއި އެއްގޮތަށް ރަޖިސްޓްރީވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1

ރަޖިސްޓްރީވުން

26 ޖޫން 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް  މި ސްކޫލަށް ދުރުވެ ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.

-          ނަންނޯޓް ކުރައްވާ ފަރާތްތަކުން ސަބްޖެކްޓްގައި އިޢުލާން ނަންބަރ ޖެއްސެވުމަށްފަހު މެއިލްގައި ބިޑް ހުށަހަޅާ ފަރާތުގެ/ކުންފުނީގެ ނަން، ފޯން ނަންބަރ، އީމެއިލް އެޑްރެސް ލިޔުއްވުމަށްފަހު މި ބިޑްގައި ބައިވެރިވާން އެދޭކަން ލިޔުއްވުން އެދެމެވެ.   

2

މަޢުލޫމާތު ސާފުކުރުން

 މަޢުލޫމާތު ސާފުކުރުން އޮންނާނީ 27 ޖޫން 2024 ވާ ބުރާސްފަތި ދުވަހު 11:00ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

3

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެގޮތް

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 04 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

 ( ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެވެ.)

ބީލަމުގައި ރަޖިސްޓްރީނުވާ އަދި އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބީލަން ހުށައެޅުމަށް ބައިވެރިއެއް ނުވެވޭނެއެވެ. މި ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 26 ޖޫން 2024 ވާ  ބުދަ ދުވަހުގެ 10:00ގެ ކުރިން ސުކޫލަށް ހާޒިރުވެ ނުވަތަ 9972577 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. 

 

10 ޖޫން 2024

10 ޖޫން 2024
ހޯދާ