ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
މާލެ އަދި ހުޅުމާލެ ގޮފި (ފޭސް 1)ގައި 2024 ވަނަ އަހަރުގެ 2 ވަނަ ސެމިސްޓަރގައި ޤިރާއަތު ސެޓްފިކެޓް 1 ގައި ބައިވެރިވުމުގެ ފުރުސަތު

އިޢުލާނު

 

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު (މާލެ) އަދި ކީރީތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހުޅުމާލޭ ގޮފި (ފޭސް 1)ގައި 2024 ވަނަ އަހަރުގެ 2 ވަނަ ސެމިސްޓަރގައި ޤިރާއަތު ސެޓްފިކެޓް 1 ފެށުމަށް ވަނީ ހަމަޖެހިފައެވެ.

 

  • ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު  (މާލެ): ހެނދުނު 30 ޖާގަ، މެންދުރުފަސް 30 ޖާގަ.
  • ކީރީތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހުޅުމާލޭ ގޮފި (ފޭސް 1): ހެނދުނު 25 ޖާގަ، މެންދުރުފަސް 25 ޖާގަ، ރޭގަނޑު 25 ޖާގަ.                             

ޝަރުޠު:

  1. ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން) ނުވަތަ ޢުމުރުން 16 އަހަރު ފުރިފައިވުން.
  2. ލިޔަން ކިޔަން އެނގުން.
  3. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

ކޯހުގެ މުއްދަތު

8 ހަފްތާ

 

 

މި ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ކޯހަށް ވަނުމަށް އެދޭ ފޯމާއެކު ޝަރުޠު ހަމަކުރުމަށް ބޭނުންވާ ލިޔުންތައް އަދި އައި.ޑީކާޑު ކޮޕީ، 30 ޖޫން 2024 ގެ 13:30 ގެ ކުރިން މި މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މެއިލްކުރައްވާނަމަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު މި މަރުކަޒުގެ ކައުންޓަރުން އަދި ވެބްސައިޓުން (ކޯސްތަކަށް ވަނުމަށްއެދޭ ފޯމް) ލިބެން ހުންނާނެއެވެ. ބަސްދީގަތުން ބޭއްވުމަށް ހަމަޖެހިފައިވަނީ 01 ޖުލައި 2024 އިން 11 ޖުލައި 2024 އާއި ދެމެދުއެވެ. 

09 ޖޫން 2024
ހޯދާ