މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލުން

ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ކައުންސިލަށް، 2 (ދޭއް) އާންމު މެންބަރުން ހޮވުމަށް ބޭނުންވެއެވެ. އާންމު ދެ މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ވޯޓުލުމުގައި، ވޯޓުލާ ފަރާތްތައް ރަޖިސްޓްރީވުމަށް ހުޅުވާލަމެވެ. އަދި ރަޖިސްޓްރީވުމަށް ހުށަހަޅަންޖެހޭ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެވެ.

ވޯޓު ރަޖިސްޓްރޭޝަން ފޯމް ބަލައިގަންނާނީ، 10، 11، 12، 13، އަދި 23 ޖޫން 2024  މިދުވަސްތަކުގެ ހެނދުނު 9:00 ން ފެށިގެން މެންދުރު 14:00 އަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް (ސޯޝަލް ސެންޓަރ) ގެ ރިސެޕްޝަނުންނެވެ. މީގެ އިތުރުން، މި މިނިސްޓްރީގެ އީމެއިލް [email protected] މެދުވެރިކޮށްވެސް ފޯމުތައް ހުށަހެޅޭނެވެ. ހުށަހަޅާ ހުރިހާ ލިޔެކިއުމެއްވެސް ހުންނަންވާނީ ޕީ.ޑީ.އެފް ފޯމެޓަށެވެ.

ނޯޓް: މި އިންތިޚާބުގައި ވޯޓުލުމަށް އޭޕްރީލް އަދި މޭ 2024 ގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އަލުން ރަޖިސްޓްރީ ކުރައްވަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ. 

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.                                                              

09 ޖޫން 2024
ހޯދާ