ތ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ތ. އަތޮޅު ހޮސްޕިޓަލުގެ ބޭނުމަކަށް ގުދަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ

`

 ތ. އަތޮޅު ހޮސްޕިޓަލް

ތ.ވޭމަންޑޫ

ދިވެހިރާއްޖެ

 

ނަންބަރު:  (IUL)TAH-A/TAH/2024/25

 

ތ. އަތޮޅު ހޮސްޕިޓަލުގެ ބޭނުމަކަށް ގުދަނެއް ހިފުމަށް ބޭނުންވެއްޖެ

ތ. އަތޮޅު ހޮސްޕިޓަލުގެ ބޭނުމަށް ގުދަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު، 23 ޖޫން 2024 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިއޮފީހަށް (ތ.އަތޮޅު ހޮސްޕިޓަލް) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ރަޖިސްޓްރީވުން: 13 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން

ބިޑް ހުޅުވުން:   23 ޖޫން 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގައި

ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށް މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލްކޮށް ދެއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 12 ޖޫން 2024 ގެކުރިން [email protected] އަށް އީމެއިލްކޮށް ދެއްވުން އެދެމެވެ. އަދި ބީލަމުގައި ރަޖިސްޓަރ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. މި އިޢުލާނާއެކު މަޢުލޫމާތު ޝީޓް އެޓޭޗް ކުރެވިފައިވާނެއެވެ.

09 ޖޫން 2024

09 ޖޫން 2024
ހޯދާ