މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފޮތެއް ޗާޕުކުރުމަށް ބޭނުންވެއްޖެ

ފޮތެއް ޗާޕުކުރުމަށް ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ ފޮތް ޗާޕުކުރުމަށް ކުރެވުނު ނަންބަރު IUL)22-PU/1/2015/104) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮލިފައިވެފައިވަނީ ދެފަރާތް ކަމަށްވާތީ އެއިޢުލާން ބާޠިލު ކުރުމަށްފަހު، އަލުން މިފޮތް ޗާޕުކުރުމަށް އިޢުލާން ކުރީމެވެ.

500 ފޮތް (ޕެޑަގޮޖީ އެންޑް އެސިސްމެންޓް ގައިޑް)

ވީމާ، މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

18 މޭ 2015 (ހޯމަ) ދުވަހުގެ 10:00 އަށް

24 މޭ 2015 (އާދީއްތަ) ދުވަހުގެ 10:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436 ނަންބަރު ފޯނާއެވެ.

23 ރަޖަބު 1436

12 މޭ 2015
ހޯދާ