ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަޟްހާ ޢީދު ދުވަހާއި ގުޅިގެން މަސްރޭސް ބޭއްވުން.

މި އިދާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސްރޭސް ބާއްވާ ދުވަސް ބަދަލުކޮށްފައިވާތީ، މިއިދާރާގެ ނަންބަރ: (IUL)378/2024/30  އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

މިއަހަރުގެ އަޟްހާ އީދާއި ގުޅުވައިގެން މިކައުންސިލުން 19 ޖޫން 2024 ވާ ބުދަ ދުވަހު ފިރިހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން މަސްރޭހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މަސްރޭހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓީމްލިސްޓް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. ޓީމް ލިސްޓް ހުށަހަޅާ ފޯމް ކައުންސިލުން ލިބެންހުންނާނެއެވެ.

މަސްރޭހުގެ ޤަވާޢިދު:

  • ޓީމެއްގައި ގިނަވެގެން ބައިވެރިކުރެވޭނީ 07 މީހުން.
  • ޓީމް ލިސްޓުގައި ބައިވެރިންނަށް ގުޅޭނެ ނަންބަރު ހިމަނަން ވާނެއެވެ.
  • މަސްބޭނުމަށް ބޭނުންކުރެވޭނީ ހަމައެކަނި ބުޅިއާއި ކަންވާރު އަދި ދޮށްޓެވެ. ދާބުރިއާއި ދަގަނޑު އަދި ބަޑި ޖަހައިގެން މަސްހިފާފައި ހުރިކަމަށް ފަނޑިޔާރުންނަށް ފާހަގަކުރެވިއްޖެނަމަ އެޓީމެއް ޑިސްކޮލިފައި ކުރެވޭނެއެވެ.
  • ދިރޭ އެމު ޖަހައިގެން މަސްބޭނުމަކީ މަނާކަމެކެވެ.
  • މަހަށްދާ އުޅަނދު ހަމަޖެއްސުމަކީ ޓީމް ލީޑަރުންގެ ޒިންމާއެކެވެ. އަދި ކޮންމެ ޓީމަކަށްވެސް ބޭނުންކުރެވޭނީ 01 އުޅަނދެވެ.
  • އިނާމް ދިނުމަށް ހަމަޖެހިފައިވާ ވަނަތައް:

     -  ކިލޯގެ ގޮތުން އެންމެ ގިނަމަސް ބާނާފައިވާ 1 ވަނަ ، 2 ވަނަ އަދި 3 ވަނަ ޓީމް

     - އެންމެ ބަރުމަސް ބާނާ ޓީމް

ޓީމް ލިސްޓް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 13 ޖޫން 2024  ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ. އަދި ސުންގަޑީގެ ފަހުން ހުށަހަޅާ ލިސްޓްތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. މަސްރޭހާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ކައުންސިލްގެ ނައިބްރައީސް އިބްރާހީމް ޝިނާޒް ( 9884148 )  އަށް ގުޅުއްވުން އެދެމެވެ.

09 ޖޫން 2024
ހޯދާ