ދިވެހިރާއްޖެ
1445 އަހަރު އަޟްޙާ ޢީދުގެ މުނާސަބަތާއި ގުޅުވައިގެން ބާއްވާ ހަރަކާތްތަކަށް ބޭނުންވާ ތަކެތި ހޯދުން
މިއިދާރާއިން ފޯރުކޮށްދޭ ލިސްޓުގައިވާތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ޖޫން 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ގއ.ނިލަންދޫ ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ [email protected]އަށް އީމެއިލް މެދުވެރިކޮށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާއިރު ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެއްވުން އެދެމެވެ.
- މަސައްކަތަކަށް ކަނޑައަޅާ އަގު އެނގޭނެގޮތަށް ތަފްސީލާއިއެކު ހުށަހެޅުން.
- އަގު ހުށަހަޅަންވާނީ 30 ދުވަހުގެ ކުރެޑިޓަށް ކޮށްދެވޭ އަގެކެވެ.
- މަސައްކަތަށް ހޭދަވާނޭ މުއްދަތު (ބަންދު ދުވަސްތައް ހިމަނައިގެން) ބަޔާންކުރަން ވާނެއެވެ. ( ނޯޓް: 13 ޖޫން ގެ ކުރިން ތަކެތި ސަޕްލައިކޮށްދޭންވާނެއެވެ)
- ކައުންސިލް އިދާރާއާ ހަމައަށް ތަކެތި ފޯރުކޮށްދިނުން.
- ކޯޓޭޝަން ހުށަހަޅާ ފޯމު ހުށަހެޅުން.
- ކޯޓޭޝަން ހުށަހެޅުން. (އައިޓަމް ތަކުގެ އަގު އެގޭ ގޮތަށް ތައްޔާރުކޮށްފައިވާ)
- ކުންފުނި/ޕާޓްނާޝިޕް/ކޯޕަރޭޓިވް ސޮސައިޓީ/އަމިއްލަފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހެޅުން.
- ޖީއެސްޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ (ޖީއެސްޓީ ރަޖިސްޓަރީ ކޮށްފައިވާނަމަ) ހުށަހެޅުން.
- ޕޮއިންޓް ދެވޭނީ ހުށަހަޅާ އެންމެ ކުޑަ އަގަށް 100 ޕޮއިންޓް.
މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18 ) އަދި (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.
މިހެންވެ، މިކަންއާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
03 ޛުލްޙިއްޖާ 1445