މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިނގުރައިދޫ ކައުންސިލްގެ ބަށި މުބާރާތް 2024 އާއިގުޅޭ

              މި ރަށުގެ އަންހެންކަބަލުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އެކުގައި މަސައްކަތްކުރުމުގެ ރޫޙު ދިރުވާ، އިޖުތިމާޢީ ރޫހާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދިރުވުމަށް، އަދި ފެންވަރު ރަނގަޅު ބަށިބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމަށާއި، ޒުވާން ކުޅުންތެރިންނަށް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކައުންސިލުން އިންތިޒާމުކޮށް، އަންހެންކަބަލުންނަށް ޙާއްސަ ބަށި މުބާރާތެއް ބޭވުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ޖުލައި މަހުގެ 26 ވާ ހުކުރު ދުވަހު "އިނގުރައިދޫ ކައުންސިލްގެ ބަށި މުބާރާތް 2024" ގެ ނަމުގައި ބަށި މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 20 ޖޫން 2024 ވާބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައި މިވާ ގޫގުލް ލިންކް މެދުވެރިކޮށް ފޯމް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއިއެކު ކައުންސިލްގެ ބަށި މުބާރާތުގެ ޤަވާއިދު އާންމުކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ.  

ގޫގުލް ލިންކް: https://forms.gle/GcYoLQ8zLCdc8RYB7

               މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                                                  

09 ޖޫން 2024
ހޯދާ