އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
ޕްރިންޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:                                    

ޕްރިންޓަރ

މަޤާމުގެ ބާވަތް:

ދާއިމީ

ބޭނުންވާ އަދަދު:                              

1 (އެކެއް)

މަސައްކަތްކުރަން ހަމަޖެހިފާވާ ތަން:              

އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ

ރަށް:

ކ. މާލެ

ސެކްޝަން:

އެކަޑަމިކް

ދަންފަޅި:

ހެނދުނު

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  • ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންވާ ވޯކްޝީޓް ފަދަތަކެތި ޕްރިންޓްކުރުން
  • ޕްރިންޓްކުރުމަށް ބޭނުންވާ ތަކެތި ބަޖެޓް އޮފީހާ ގުޅިގެން ހޯދުން.
  • ޕްރިންޓް ކުރެވޭ ތަކެތީގެ ރިކޯޑުތައް ބެލެހެއްޓުން.
  • އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠު:

މަޤާމް

ރޭންކް

ކުލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ޕްރިންޓަރ

SS3

ސަޕޯޓް ސްޓާފް ގްރޭޑް 3

- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތު ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-/3875

-/1000

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ ޢުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. މެރިޓް ޢުސޫލުން އެންމެ މަތީ މާކުހެއް ލިބޭ ފަރާތެއް.

2. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

3. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

4. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމުގެ ސިފަތައް

އިންޓަވިއު ކުރުން:

ހ. އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 20 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މަދަރުސާގެ ރިޝެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި މަދަރުސާގެ ރިސެޕްޝަނަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މޭ 24 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:30 ގެ ކުރިން، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް (ޗާންދަނީމަގު) ވަޒީފާއަށްއެދޭ ފޯމާއި، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ހުށަހެޅުން އެދެމެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ 3328072 ނަންބަރުފޯނަށް ގުޅުން އެދެމެވެ. 

22 ރަޖަބު 1436

11 މޭ 2015
ހޯދާ