ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޮޑިޓަރ

ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ދާއިރާ:

އިންޓާރނަލް އޮޑިޓް

މަޤާމް:

އޮޑިޓަރ

ބޭނުންވާ ޢަދަދު:

5

މުސާރަ:  

-/8,010ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • އޮޑިޓިންގ ނުވަތަ އެކައުންޓިންގ ދާއިރާއިން ބެޗެލާރސް ޑިގްރީ / އޭސީސީއޭ ފުރިހަމަ ކޮށްފައިވުމާއި އެކު އޮޑިޓިންގ ނުވަތަ އެކައުންޓިންގ ދާއިރާއިން  މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  •  އޭސީސީއޭ ސްކިލް ލެވެލް ފުރިހަމަ  ކޮށްފައިވުމާއި އެކު އޮޑިޓިންގ ނުވަތަ އެކައުންޓިންގ ދާއިރާއިން މަދުވެގެން  02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މީގެ އިތުރުން

  • އިންޖިނިއަރިން، ޓެކްސް ކޮމްޕިއުޓޭޝަން، އައިޓީ، ޕްރޮޖެކްޓްސް މެނޭޖްމަންޓް އަދި އެންވައެރޮމެންޓް  ޕްރޮޓެކްޝަން ފަދަ ދާއިރާތަކުން މަސައްކަތުގެ ޢިލްމު / ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ

ދާއިރާގެ މައިގަޑު މަސައްކަތް:

  • އިންޓާރނަލް އޮޑިޓްގެ ސްކޯޕް ދެނެގަތުން.
  • އެނުއަލް ރިސްކް ބޭސްޑް އޮޑިޓް ޕްލޭންގެ ދަށުން އިންޓާރނަލް އޮޑިޓްތައް ރާވައި ހިންގުން.
  • ކުންފުނީގެ ފަރާތުން ހިންގާ އިންޖީނުގެތަކާއި، ކުންފުނީގެ ޑިޕާރޓްމަންޓްތަކުގެ އޮޑިޓްތަކަށް ބިނާކޮށް  އޮޑިޓް ރިޕޯރޓް ތައްޔާރުކޮށް ހުށަހެޅުން.
  • ޚާއްސަ އޮޑިޓްތައް ހިންގުން.
  • އޮޑިޓް އެންގޭޖްމެންޓްތަކުގެ ފޮލޯއަޕް ހެދުން.
  • އިންޓާރނަލް އޮޑިޓުން ކަނޑައަޅާފައި ހުންނަ ލަނޑުދަނޑިތައް ހާސިލްކުރުމުގެ ގޮތުން އޮޑިޓްކުރުމުގައި ގިނަ ވަގުތު މަސައްކަތްކުރަން ޖެހުމާއި ޤަވާއިދުން ކުރެވޭ އޮޑިޓްތައް ކުރުމަށް އެސިސްޓްކޮށްދިނުން.
  • ވާރކް ޕްލޭނާއި އެއްގޮތަށް ފީލްޑް އޮޑިޓްގެ މަސައްކަތްކުރުން.
  • ކުންފުނީގެ އޮޑިޓް ޔުނިވާރސް އަޕްޑޭޓްކޮށް ބެލެހެއްޓުމުގައި އެސިސްޓްކޮށްދިނުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

12 ޖޫން 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 12 ޖޫން 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މިވަޒީފާއަކީ 06 މަސް ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 06 މަސް ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

29 ޛުލްޤަޢިދާ 1445

06 ޖޫން 2024

06 ޖޫން 2024
ހޯދާ