ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކައުންސިލް، ސަންސިޔާމް ކެއަރ ފުޓްސަލް މުބާރާތް 2024" އަށް ސްޕޮންސަރ ހޯދުމާއިގުޅޭ

          ހުޅުދެލީ ރައްޔިތުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާއީ ރޫހާއި ކުޅިވަރުގެ ރޫޙް އާލާކުރުމާއި އެކުވެރިކަމާއެކު މަސައްކަތްކުރުމުގެ ރޫޙް އާލާކުރުމުގެ މަޤުސަދުގައި "ކައުންސިލް،ސަންސިޔާމްކެއަރ ފުޓްސަލް މުބާރާތް 2024" ގެނަމުގައި ފުޓްސަލް މުބާރާތެއް 2024 ޖޫން 21 ވަނަ ދުވަހު ހުޅުދެލީ ފުޓްސަލް ދަނޑުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

          މުބާރާތެއް އިންތިޒާމް ކުރުމަށްޓަކައި ގިނަ ޢަދަދެއްގެ ފައިސާއާއި އެހެނިހެން އެހީތެރިކަން ބޭނުންވާއިރު، ސްޕޮންސަރޝިޕަށް ހުޅުވާލައިގެން އެހީތެރިކަން ހޯދުމަށް ކައުންސިލުން ވާނީ ރާވާފައެވެ.

އެހެންކަމުން، މިއަދުންފެށިގެން  "ހުޅުދެލީ ކައުންސިލް،ސަންސިޔާމް ފުޓްސަލް މުބާރާތް 2024" އަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ބޭނުންފުޅުވާ ހުރިހާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

 ACCOUNT NAME: 1427-KHARADHU-02

ACCOUNT NUMBER: 7723700425004

VIBER: 9869909 | 7930308

            އެގޮތުން މި  ފުޓްސަލް މުބާރާތުގެ ތިރީގައިވާ ސްޕޮންސަރ ތަކަށް ހުށައެޅުމުގެ ފުރުސަތު 2024 ޖޫން  12 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ސްޕޮންސަރކުރެއްވުމަށް ހުށައެޅުއްވުން އެދެމެވެ. މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް،6760049 ނުވަތަ 9706907 އަހްމަދު ޝިޔާމް (ކައުންސިލް އޮފިސަރ) އަށް ގުޅުއްވުން އެދެމެވެ.

              މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ޖޫން 2024
ހޯދާ