ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުދެލީ ފަޅަށް ވަދެ ނުކުމެ ހެދުމަށް ބޭނުންވާ ނެރުތަކުގައި ނެރުބައްތިއާއި، ނެރު މަގު ފާހަގަކުރާ ހޭރި ޖެހުމުގެ މަސައްކަތް

މިއިދާރާއިންދޭ މަޢުލޫމާތާއި،ކުރެހުމާއި އެއްގޮތަށް މިރަށު ނެރުތަކުގައި ނެރުބައްތި ޖަހައިދޭނެ ފަރާތެއް ބޭނުންވެގެންކުރި މިއިދާރާގެ ނަންބަރ: (IUL)378/2024/28( 23 މޭ 2024 ) ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ،މިދެންނެވި ނެރުބައްތިތައް އަމިއްލަތަކެތީގައި ޖެހުމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން މިއިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ ސަރުކާރު ބަންދުނޫން ދުވަސްތަކުގައި 6760049 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކޮށް،އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ. އަދި މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސާޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

11/06/2024

އަންގާރަ

13:00

އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑި

2024/06/13

ބުރާސްފަތި

13:00

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6760049 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

06 ޖޫން 2024
ހޯދާ