މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ޓީޗަރެއް ހޯދުމާއި ގުޅޭ

ޕްރީސްކޫލް ޓީޗަރެއް ހޯދުން

ށ. ޅައިމަގު ޕްރީސްކޫލަށް ޓީޗަރ އެއް ހޯދުމަށްޓަކައި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިފުރުސަތު ހުޅުވާލަމެވެ.

މަޤާމް:

ޕްރީސްކޫލް ޓީޗަރ

ބޭނުންވާ ޢަދަދު

އެކެއް (1)

މަޤާމުގެ ގިންތިއާއި މުއްދަތު:

ވަގުތީ (އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 2025 މާރިޗް 06 ވަނަ ދުވަހުގެ ނިޔަލަށް)

ވަޒީފާ އަދާކުރަން ޖެހޭތަން:

ޅައިމަގު ޕްރީސްކޫލް / ށ.ޅައިމަގު

 

 

މަސައްކަތުގެ އުޖޫރަ އާއި ޝަރުޠު

މަޤާމް/ޝަރުޠު

އުޖޫރަ

  1. ޕްރީސްކޫލް މުދައްރިސުން ތަމްރީން ކުރާ ކޯހެއް ފުރިހަމަ ކޮށްފައިވުން ނުވަތަ ގްރޭޑް 10 ނިންމާފައިވުން

1. މަސައްކަތްކުރާ މަހަކަށް 7500/-

 

2. ސަރުކާރުގެ އުޞޫލުތަކާއި އެއްގޮތަށް ރަމަޟާން މަހުގެ ޢިނާޔަތްތައް.                 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޕްރީސްކޫލުން ރާވާގޮތެއްގެ މަތިން ކްލާސްތަކަށް ގޮސް ދަރިވަރުންނަށް ކިޔަވައިދިނުން
  2. ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތަކެއް ކުރުން
  3. މީގެ އިތުރުންވެސް ޕްރީސްކޫލުން ރާވާ ހިންގާ އެންމެހާ ކަންތައްތަކުގައި އެހީތެރިވެދިނުން

 

 

 

ހުށަހަޅަންޖެހޭ ލިއުންތައް:

  1. ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރު ހިމެނޭގޮތަށް)
  3. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިއުންތައް އަދި ލިއެފައިވާ ލިއުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް. ނުވަތަ އައިޑީކާޑު ނެތްނަމަ، އުފަންދުވަހުގެ ސާފު ކޮޕީއެއް ނުވަތަ ޕާސްޕޯޓް/ޑްރައިވިން ލައިސަންސްގެ ސާފުކޮޕީއެއް
  4. ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ސާފު ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާގެ ލިއުންތަކުގެ ސާފު ކޮޕީ

ވަޒިފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

12 ޖޫން 2024 ވާ ބުދަ ދުވަހުގެ  މެންދުރު 13:00 ގެ ކުރިން ށ. ޅައިމަގު ކައުންސިލުގެ އިދާރާއަށް ފޯމު ހުށަހެޅުއްވުންއެދެމެވެ. ފޯމް މެއިލް ކުރާނަމަ މެއިލް ކުރާނީ [email protected]  މެއިލް އެޑްރެހަށެވެ. މެއިލްގެ ޒަރިއްޔާއިން ފޮނުވާ ފޯމްތައް ސުންގަޑި ހަމަވުމުގެ ކުރިން ކައުންސިލަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

އިންޓަވިއު އޮންނާނޭތަނާ މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށްބޭއްވޭ އިންޓަވިއު އޮންނާނީ 23 ޖޫން 2024 އާއި 27 ޖޫން 2024 އާއި ދެމެދު ށ. ޅައިމަގު ކައުންސިލުގެ އިދާރާގައެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚުގައި އިންޓަވިއުއަށް ޙާޒިރުވުމަށް ތައްޔާރުވުން އެދެމެވެ.

އިތުރު މައުލޫމާތު

މިއިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540051 ނަންބަރު ފޯނަށެވެ. މެއިލްކުރާނަމަ މެއިލްކުރާނީ [email protected]   މެއިލް އެޑްރެހަށެވެ.

06 ޖޫން 2024
ހޯދާ