ދިވެހިރާއްޖެ
އިޢުލާން
|
މިސްކޫލުގެ ނަންބަރ GS–167/IUL/2024/04 އިއުލާނަށް ހުށައަޅާފައި އަންދާސީ ހިސާބު ބޮޑު
ކަމަށް ފެންނާތީ އެ އިއުލާނު ބާތިލްކޮށްފީމެވެ.
މިސްކޫލުންދޭ މަޢުލޫމާތާ އެއްގޮތަށް ސްކޫލް ހޯލުގައި ހަދަމުންދާ ޓާފް ދަނޑު ނިންމުމުގެ މަސައްކަތްތައް ކޮއްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު މި ސްކޫލުގެ [email protected]އީމެއިލް އަށް ފޮނުއްވައިގެން ނުވަތަ ސްކޫލުގެ އިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު:
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން. 12 ޖޫން 2024 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް.
ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން. 26 ޖޫން 2024 ދުވަހުގެ 11.00 ގައި މަޑުއްވަރީ ސްކޫލް ގައި.
ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 7952908 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.