މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ބޯޑް އިންތިޚާބުކުރުން

ޅައިމަގުޕްރީސްކޫލް ބޯޑު އިންތިޚާބުކުރުމަށް ބޭނުންވެއެވެ. ޕްރީސްކޫލް ބޯޑު އެކުލެވިގެންވަނީ 10 މެމްބަރުންގެ މައްޗަށެވެ. އެއީ

 

  1. ސްކޫލް ބެލެނިވެރިންގެ ތެރެއިން 2 މެމްބަރުން.
  2. ސްކޫލް މުދައްރިއްސުންގެ ތެރެއިން 3 މެމްބަރުން.
  3. ސްކޫލް މެނޭޖްމަންޓުން 3 މެމްބަރުން.
  4. އާންމު ރައްޔިތުންގެ ތެރެއިން 2 މެމްބަރުން.

މީގެތެރެއިން އިންތިޚާބުކުރުމަށް ހަމަޖެހިފައިވަނީ ބެލެނިވެރިންގެ ތެރެއިން 2 މެމްބަރުންނާއި، އާންމު ރައްޔިތުންގެ ތެރެއިން 2 މެމްބަރުންނެވެ.

ވީމާ، ޕްރީސްކޫލްގެ ބެލެނިވެރިންގެ ތެރެއިންނާ ޢާންމު ރައްޔިތުންގެ ތެރެއިން ޕްރީސްކޫލް ބޯޑުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ޖޫން 13 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ސިޓީ ފޮނުންވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.

06 ޖޫން 2024
ހޯދާ