މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މެޝިނަރީ ގަތުމަށް

މެޝިނަރީ ގަތުމަށް ބޭނުންވެއްޖެ

ސަދަން އެޑިޔުކޭޝަން ޔުނިޓަށް ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ބޭނުންވެއްޖެއެވެ.

120 ކޮމްޕިއުޓަރ ސިސްޓަމް

10 ލޭޒަރ ޕްރިންޓަރ

05 ސްކޭނަރ

ވީމާ، މިތަކެތި ވިއްކެއުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

18 މެއި 2015 (ހޯމަ) ދުވަހުގެ 14:00 އަށް

24 މެއި 2015 (އާދީއްތަ) ދުވަހުގެ 14:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341403 ނަންބަރު ފޯނާއެވެ.

23 ރަޖަބު 1436

12 މޭ 2015
ހޯދާ