ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ މާލިއްޔަތުން ކުލަބް ޖަމިއްޔާ ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއިގުޅޭ އުޞޫލު

1

ތަޢާރަފް

1.1

މިއީ، ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްއިން ރަތަފަންދޫގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމްޢިއްޔާ ޖަމާއަތްތަކަށް ރައްޔިތުންނަށް ފައިދާހުރި އިޖްތިމާޢީ ޕްރޮގްރާމްތަކާއި ޙަރަކާތްތަށް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ގޮތުގެ އުޞޫލެވެ.

 

 

2

ޢަމަލުކުރަން ފަށާ ތާރީޙް

2.1

މި އުޞޫލަށް ޢަމަލުކުރަން ފަށާނީ، މިއުޞޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

3

މަޤްޞަދު

3.1

ރަތަފަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކްލަބް ޖަމްޢިއްޔާ ޖަމާއަތްތަކުގެ ހިންގުމަށް ހަރުދަނާކުރުމާއި ބާރުވެރިކުރުވުން.  

 

 

3.2

ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ތަފާތު ޕްރޮގްރާމްތައް ހިންގުމުގައި ފައިސާގެ ދަތިކަން ކުރިމަތިވެ ޕްރޮގްރާމްތައް ހިންގުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމާއި، ގދ.ރަތަފަންދޫ ކުރިއެރުން ހޯދުމާއި، މިފަދަ ޕްރޮގްރާމްތައް ހިންގުމަށް ހިތްވަރުދިނުމާއި، ޝައުޤުވެރިކަން އިތުރުކުރުން.

 

 

4

ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާ ފަރާތްތައް

4.1

މި އުޞޫލުގެ ދަށުން ފައިސާގެ އެހީ ދޫކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

ހ. ގދ.ރަތަފަންދޫގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުލަބް ޖަމްޢިއްޔާ ޖަމާއަތް.

ށ. ދަޢުލަތުގެ މުވައްސަސާތަކުގެ ދަށުން ހިންގާ އެސޯސިއޭޝަން ތަކާއި ސްޓާފް ކްލަބްތަށް.  

 

 

4.2

ކުލަބް ޖަމްޢިއްޔާ ޖަމާއަތްތަކަށް ކައުންސިލުން ފޯރުކޮށްދޭ އެހީގެ ފައިސާ ޖަމާކުރަންވާނީ އެކުލަބް ޖަމްޢިއްޔާ ޖަމާއަތެއްގެ ނަމުގައި އޮންނަ ބޭންކް އެކައުންޓަކަށެވެ. މިގޮތުން އެކައުންޓް ހެދިފައިނުވާ ކުލަބް ޖަމްޢިއްޔާ ޖަމާއަތެއްނަމަ، އެފަދަ ކުލަބް ޖަމްޢިއްޔާ ޖަމާއަތެއްގެ އިސް މުޢައްސިސެއްގެ ނަމުގައި ސިޓީއެއް ހުށަހެޅުމުން އެފަރާތެއްގެ އެކައުންޓަށް ފައިސާ ޖަމާކުރެވިގެންދާނެއެވެ. މުވައްސަސާތަކުގެ ދަށުން ހިންގާ އެސޯސިއޭޝަންތަކާއި ސްޓާފް ކްލަބްތަކަށް ދޫކުރާ ފައިސާ އެ މުވައްސަސާއަކުން ލިއުމުން އަންގާ އެކައުންޓަކަށް ޖަމާކުރެވޭނެއެވެ.

 

 

 

4.3

ކުލަބް ޖަމްޢިއްޔާ ޖަމާއަތްތަކަށް ދޫކުރާ ފަންޑުގެ ތަފްސީލް ޙަރަދު ބިލްތަކާއި އެކު އަދި ހިންގި ޙަރަކާތްތަކުގެ ރިޕޯރޓް އެކަމެއް ކުރުމަށް ދޫކުރި ޙަރަކާތެއް ނުވަތަ ޕްރޮޖެކްޓްއެއް ނިމުމަށްފަހު ރަސްމީ 10 ދުވަސްތެރޭގައި ކައުންސިލްއަށް ހުށަހަޅައި، ކައުންސިލްއިން އިތުރު މަޢުލޫމާތު އިތުރުކުރުމަށް އެދިއްޖެނަމަ އެމަޢުލޫމާތެއް ފޯރުކޮށްދެންވާނެއެވެ. ކައުންސިލް އިން ފަންޑް ދޫކޮށްފައިވާ ޖަމިއްޔާ ޖަމާއަތަކުން ރިޕޯރޓް ހުށަނާޅާނަމަ ދެވަނަ ފަހަރަށް އެހީތެރިކަން ފޯރުކޮށްދެވޭނީ ފާއިތުވެދިޔަ ތާގައި ހުށަހަޅަންޖެހޭ ރިޕޯރޓް ހުށަހެޅުމުންނެވެ.

 

 

 

 

5

ފައިސާ ދޫކުރެވޭނެ ގޮތް/ އެވިލުއޭޓް ކުރާނެ ގޮތް

5.1

އެއްވެސް ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކަށް މާލީ އަދި އެހެނިހެން ގޮތަކަށްވިޔަސް އެހީތެރިކަންމެއް ކައުންސިލަށް ފޯރުކޮށްދެވޭނީ އެކުލަބް ޖަމިއްޔާ ޖަމާޢަތްތަކުން އެކަމަށް ( އެހީތެރިކަމަށް) އެދި ޕްރޮޕޯސަލް ހުށަހެޅުމުން އެޕްރޮޕޯސަލް ކައުންސިލަށް ހުށަހަޅާ ފާސްކޮށްގެންނެވެ.

 

 

5.2

މި ކައުންސިލަށް ހުށަހަޅާ ޕޮރޮޕޯސަލްތައް އިވެލުއޭޓް ކުރާނީ މި ކައުންސިލުން އެކުލަވާލާ ކޮމެޓީއަކުންނެވެ. ކޮމެޓީގައި ހިމެނޭނީ އަންނަނިވި ފަރާތްތަކެވެ.

(ހ) ކައުންސިލްގެ ރައީސް ނުވަތަ ޒިންމާ ހަވާލުކުރާފަރާތް

(ށ) ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ ޒިންމާ ހަވާލުކުރާ ފަރާތް

(ނ) ކައުންސިލްގެ އިދާރީ އެއް މުވައްޒަފު

(ރ) ވަކި ހާއްސަ ފައްނަކާއި ގުޅޭ ޕްރޮޕޯސަލް ވަޒަންކުރުމަށް ކައުންސިލްގެ ބޭރުން އެކަމުގެ ތަޖުރިބާކާރުން ބައިވެރިކުރެވިދާނެއެވެ.

 

6

އެހީ ދޫކުރާނެ މިންވަރު ކަނޑައެޅުން

6.1

އެހީ ދޫކުރާނެ މިންވަރު ކަނޑައަޅާނީ ޖަމިއްޔާ ޖަމާއަތްތަކަށް ދޫކުރުމަށް ބަޖެޓްކުރެވިފައިވާ ފަންޑްތަކުގެ ޖުމްލަ ފަންޑުގެ ތެރެއިންނާއި ޕްރޮޕޯސަލްގައި ބަޔާންކުރާ ހަރަކާތް ކައުންސިލްގެ އަހަރީ އެކްޓިވިޓީއަކާއި ގުޅޭނަމަ އެ އެކްޓިވިޓީއަކަށް ކަނޑައެޅިފައިވާ ފަންޑުގެ ތެރެއިން ކައުންސިލްގެ ޢާންމު ބައްދަލުވުމަކުން ފާސްކުރުމަށް ފަހުގައިއެވެ.  

 

 

6.2

ޕޮރޮޕޯސަލްތަކަށް މާކުސްދިމުނުގައި ބަލާނެ މިންގަނޑު

(ހ) ހުށަހަޅާ ޕޮރޮޕޯސަލްގައި ކައުންސިލްގެ ތަރައްޤީގެ ޕްލޭންގައި ހިމެނޭ ކަންކަން ނުވަތަ ކަމެއް ހާސިލްކުރުމަށް ބާރުއަޅާފައިވާ މިންވަރަށް ( ކޮންމެ ކަމަކަށް 5 ޕޮއިންޓް- ގިނަވެގެން 50 ޕޮއިންޓް ) 50%

 

(ށ) ހުށައަޅާ ޕޮރޮޕޯސަލްގައި ސީދާ ގޮތުން މަންފާ ކުރާނެ ފަރާތްތަކުގެ އަދަދު ( ކޮންމެ 10 މީހަކަށް 2 ޕޮއިންޓް- މިބަޔަށް ގިނަވެގެން ލިބޭނީ 10 ޕޮއިންޓް)

 

(ނ) ޕްރޮޕޯސަލް ހުށަހެޅި ކުލަބު/ ޖަމިއްޔާ / ޖަމާޢަތުން ފާއިތުވި އަހަރު ކައުންސިލުން ހިންގާފައިވާ ހަރަކާތްތަކާއި ބާއްވާފައިވާ ޖަލްސާތަކުގައި ބައިވެރިވެފައިވާ މިންވަރު (ކޮންމެ ޙަރަކާތަކަށް 2 ޕޮއިންޓް- މިބަޔަށް އެންމެ ގިނަވެގެން ދެވޭނީ 10 ޕޮއިންޓް )

 

(ރ) ޕްރޮޕޯސަލްގައި ހުށަހެޅި ކުލަބް/ ޖަމިއްޔާ/ ޖަމާޢަތްތަކުން ހުށަހަޅާފައިވާ ކަމަކަށް ކުރާ ހޭދައަށް ( ކުރާ ކޮންމެ /-500 (ފަސްސަތޭކަ) ދިވެހި ރުފިޔާ އަކަށް ކުރާ ހޭދައަށް 2 ޕޮއިންޓް. މިބަޔަށް ގިނަވެގެން ލިބޭނީ 20 ޕޮއިންޓް ) %20

 

(ނ) މީހުން ބިނާކުރުމަށް ހިންގާ ޕޮރޮގުރާމްތަކަށް (ކޮންމެ ޕޮރޮގްރާމަކަށް 1 ޕޮއިންޓް – މިބަޔަށް ގިނަވެގެންދެވޭނީ 5 ޕޮއިންޓް) %5

 

(ރ) 5 އަހަރު ތެރޭގައި ހިނަގާފައިވާ ޕޮރޮގްރާމްތަކަށް ކޮންމެ ޕޮރޮގްރާމަކަށް 1 ޕޮއިންޓް ( ގިނަވެގެން 5 ޕޮއިންޓް ) %5

 

(ހ) އެހީ ދިނުމުގައި ޝަރުތު ކަމުގައި ބަލާނީ ޕޮރޮޕޯސަލްއަށް މަދުވެގެން %50 އިންސައްތަ ލިބިފައިވާނަމައެވެ. އަދި އެހީގެ މިންވަރު ކަނޑައަޅާނީ ޕޮރޮޕޯސަލްއަށް މާކްސް ލިބޭ މިންވަރަކުންނެވެ.

 

 

 

 

އެހީދޭނެ ދާއިރާތައް

7

ދީނީ ހަރަކާތްތައް ހިންގުމަށް ދޫކުރެވޭ ފައިސާގެ އެހީ

7.1

ގދ.ރަތަފަންދޫ ކައުންސިލުން ކޮންމެ އަހަރެއްގައި ބަޖެޓްގައި ދީނީ ހަރަކާތްތައް ހިންގުމަށް ކަނޑައެޅޭ ފައިސާގެ ތެރެއިން ކުލަބް ޖަމްޢިއްޔާ، ޖަމާއަތްތުން، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ޕްރޮގުރާމްތަކުގެ މައްޗަށް ބިނާކޮށް ހުށަހެޅޭ ޕްރޮޕޯސަލްތައް ކައުންސިލުން އިވެލުއޭޓް ކޮށް، އެންމެ ރަނގަޅު ޕްރޮޕޯސަލްތަކަށް ހިލޭ އެހީގެ ފައިސާ ދެވޭނެއެވެ.

 

 

އިޖްތިމާޢީ ޙަރަކާތްތައް ހިންގުމަށް ދޫކުރެވޭ ފައިސާގެ އެހީ

7.2

ގދ.ރަތަފަންދޫ ކައުންސިލުން ކޮންމެ އަހަރެއްގައި ބަޖެޓްގައި އިޖްތިމާޢީ ޙަރަކާތްތައް ހިންގުމަށް ކަނޑައެޅޭ ފައިސާގެ ތެރެއިން ކުލަބް ޖަމްޢިއްޔާ، ޖަމާއަތްތުން، ރައްޔިތުންގެ ލާބަޔަށް ހިންގާ ޕްރޮގުރާމްތަކުގެ މައްޗަށް ބިނާކޮށް ހުށަހެޅޭ ޕްރޮޕޯސަލްތައް ކައުންސިލުން އިވެލުއޭޓް ކޮށް، އެންމެ ރަނގަޅު ޕްރޮޕޯސަލްތަކަށް ހިލޭ އެހީގެ ފައިސާ ދެވޭނެއެވެ.

 

 

ތިމާވެށި ހިމާޔަތްކުރުމާއި ދިރޭތަކެތީގެ ނަސްލު ރައްކާތެރިކުރުން

7.3

ޕާރކް އަދި ހިއްފަސޭހަ މައިޒާން ތަރައްޤީކުރުމާއި، ގޮނޑުދޮށާއި މޫދު ހިމެނޭހެން ގުދުރަތީވެށި ސާފުކުރުމާއި ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ކްލަބް ޖަމިއްޔާ ޖަމިއްޔާތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ކައުންސިލްއިން އިވެލުއޭޓްކޮށް އެންމެ ރަނގަޅު ޕްރޮޕޯސަލްތަކަށް ހިލޭ އެހީގެ ފައިސާ ދެވޭނެއެވެ.

 

މީހުން ބިނާކުރުން

7.4

އެކިދާއިރާތަކުން މީހުން ބަނާކުރުމަށް ކުލަބް ޖަމްޢިއްޔާ ޖަމާއަތްތަކުން، ހިންގާ ޕޮރޮގްރާމްތަކުގެ މައްޗަށް ބަނާކޮށް ހުށަހަޅާ ޕްރޮޕޯސަލްތައް ކައުންސިލުން އިވެލުއޭޓް ކޮށް، އެންމެ ރަނގަޅު ޕްރޮޕޯސަލްތަކަށް ހިލޭ އެހީގެ ފައިސާ ދެވޭނެއެވެ.

 

 

8

މޮނިޓާރ ކުރުމާއި ބެލެހެއްޓުން

8.1

މި އުޞޫލުގެ ދަށުން އެހީދެވޭ މަޝްރޫޢުތައް ކުރިއަށް ގެންދޭތޯ ބަލައި މޮނިޓާރ ކުރާނީ ކައުންސިލުންނެވެ.

 

 

8.2

ކައުންސިލުން އެހީތެރިކަން ފޯރުކޮށްދީގެން ހިންގޭ ކޮންމެ ޕްރޮގުރާމެއްގެ ސްޕޮންސާރ ލިސްޓްގައި ކައުންސިލްގެ ނަން ހިމަނަންވާނެއެވެ. އަދި މެއިން ސްޕޮންސަރ ނުވަތަ ޓައިޓެލް ސްޕޮންސަރ ގެ ގޮތުގައި ދެވޭ އެހީތެރިކަމެއްނަމަ، މެއިން ސްޕޮންސަރ ނުވަތަ ޓައިޓެލް ސްޕޮންސަރ ގެ ޓައިޓަލްގައި "ރަތަފަންދޫ ކައުންސިލް" މި ލަފްޒު ބޭނުންކުރަންވާނެއެވެ.

9

ފަންޑްކުރެވޭ ކަމެއް ނުހިންގިއްޖެނަމަ އަމަލުކުރެވޭނެ ގޮތް

9.1

ޕޮރޮޖެކްޓްއެއް، މުބާރާތެއް ނުވަތަ ޙަރަކާތެއް ހިންގުމަށް ދެފަރާތުންވެވޭ އެއްބަސްވުމުގައި ވާފަދައިން އެކަމެއް ހިންގާފައި ނުވާކަމަށް ކައުންސިލްއަށް ފާހަނގަކުރެވިއްޖެނަމަ، އެކަމެއް ހިންގުމަށް ދޫކުރެވިފައިވާ ފައިސާ ކައުންސިލަށް 1 މަސްތެރޭގައި އަނބުރާ ޖަމާކުރަންވާނެއެވެ.

 

 

10

ނެތްކަމެއް ދިމާވުން

10.1

މި އުޞޫލުގައި ބަޔާންކޮށްފައިވާ ނުވާކަމެއް ދިމާވެއްޖެނަމަ އެކަމެއް ނިންމާނީ ގދ.ރަތަފަންދޫ ކައުންސިލްގެ ޢާއްމު ބައްދަލުވުމަކަށް ހުށަހަޅައިގެން މެންބަރުންގެ މެޖޯރިޓީއިންނެވެ.

 

06 ޖޫން 2024
ހޯދާ