މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައިޑްރޯޕޯނިކްސް ސިސްޓަމް ދޫކުރުމާއި ގުޅޭ

އިޢުލާން

 

 

ހައިޑްރޯޕޯނިކްސް ސިސްޓަމް ދޫކުރުމާއި ގުޅޭ

 

ވާދޫގައި ގަސް އިންދާ ހެއްދުމަށް ދޫކުރެވިފައިވާ ހައިޑްރޯޕޯނިކްސް ސިސްޓަމްތަކުގެ ތެރެއިން ސިސްޓަމް ހަވާލުކުރެވިފައިވާ ފަރާތުން ދޫކޮށްލާފައިވާ 4 ސިސްޓަމް، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހަވާލުކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ސިސްޓަމް ދޫކުރުމުގައި އަމަލުކުރާނެ އުސޫލު:

-         ސިސްޓަމަށް އެދޭ ފަރާތަކީ އުމުރުން 18 އަހަރު ފުރިފައިވާ ފަރާތެއްކަމުގައިވުން

-         ވާދޫގައި ރަޖިސްޓަރީކޮށްފައިވާ ކޮންމެ ގޯއްޗަކަށް 1 ސިސްޓަމް ( ކޮންމެ ގޯއްޗަކުންވެސް ސިސްޓަމް ދޫކުރެވޭނީ ކޮންމެވެސް 1 ފަރާތަކަށެވެ. އެއްގޯއްޗަކުން ގިނަ ފަރާތްތަކުން ނަންނޯޓު ކޮށްފައިވާނަމަ، ސިސްޓަމް ހަވާލުކުރާނެ ފަރާތް ކަނޑައަޅާނީ ނަންނޯޓުކުރި ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން)

-         ކައުންސިލްގައި ހުރި ސިސްޓަމްތަކުގެ އަދަދަށްވުރެ ގިނަ ގޯތިތަކުން ނަންނޯޓުކޮށްފައިވާނަމަ، ލިބޭފަރާތް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

 

ވީމާ، ވާދޫގެ ރަށްވެހިންގެ ތެރެއިން ސިސްޓަމް ބޭނުންވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 4000299 ފޯނާއި ގުޅުއްވައިގެން ނުވަތަ މިއިދާރާއަށް ވަޑައިގެން ނަންނޯޓްކުރެއްވުމަށް ދަންނަވަމެވެ. ނަންނޯޓު ކުރުމަށް ހަމަޖެހިފައިވަނީ 2024 ޖޫން 06 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2024 ޖޫން 23 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ވަގުތުތަކުގައެވެ.

06 ޖޫން 2024
ހޯދާ