ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު މަސްމާރުކޭޓް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންގޮސްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

  1. ފުވައްމުލަކު މަސްމާރުކޭޓް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ(IUL)468-APS/468/2024/100  އިޢުލާން އަށް ހުށަހެޅި ބިޑްތަކުގެ އަގު ބޮޑުކަމަށް ފެންނާތީ،  އެ އިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 24 ޖޫން 2024 ގެ 12:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.

 

  1. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 25 ޖޫން 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 25 ޖޫން 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

 

  1. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 08 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިންގ ރޫމް އަދި ލޯކަލްގަވަރމެންޓް އޮތޯރިޓީ ގައެވެ.

 

 

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ފުވައްމުލަކު ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

  ފޯން: 6862812

  އީމެއިލް: [email protected]

05 ޖޫން 2024
ހޯދާ