މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ސެކްޝަން މެނޭޖަރ (ކޮމިއުނިކޭޝަން)

ވަޒިފާ އަދާކުރަންޖެހޭ ތަން

މާކެޓިންގ އެންޑް ބިޒްނަސް ޑިވެލޮޕްމެންޓް ޑިވިޜަން- ހ.ސޯމިލް

އަދަދު

 01

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް

(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)       

  • 21,050ރ
  • ޑިގްރީ ހާސިލްކޮށްފައިވާނަމަ -/2500 ، ނުވަތަ ޑިޕްލޮމާ ހާސިލްކޮށްފައިވާނަމަ -/1500
  • ސްޓާފް މެޑިކަލް އިންޝުއަރެންސް
  • ޕެންޝަން ސްކީމް

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 5 ދުވަހު – ދުވާލަކު 08 ގަޑި އިރު

ޝަރުޠު

  • ކޯޕަރޭޓް ކޮމިއުނިކޭޝަންސް / މޭނޭޖްމަންޓް ނުވަތަ މަގާމާއި ގުޅޭ ދާއިރާއަކުން އެމްއެންކިއުއެފް ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަގާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ 
  • ކޯޕަރޭޓް ކޮމިއުނިކޭޝަންސް / މޭނޭގްމަންޓް ނުވަތަ މަގާމާއި ގުޅޭ ދާއިރާއަކުން އެމްއެންކިއުއެފް ލެވެލް 5/6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަގާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 2024 ޖޫން 12 ވަނަ ދުވަހުގެ 23:59 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

މި މަޤާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއުކުރުން  2024 ޖޫން 13 ން 2024 ޖޫން 30 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

ވެބްސައިޓް:  

 https://mtcc.mv/careers/

ފޯން: 

1650

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކާއިއެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.
05 ޖޫން 2024
ހޯދާ