ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް
ދިވެހިރާއްޖެ
އަލަށް ފެށުމަށް ހަމަޖެހިފައިވާ ECDIS ކޯހާގުޅޭ

އަލަށް ފެށުމަށް ހަމަޖެހިފައިވާ ECDIS ކޯހާގުޅޭ

STCW/IMO ކޮންވެންޝަންގައިވާ ގޮތުގެމަތީން ބައިނަލްއަޤުވާމީ ކަނޑު ދަތުރުކުރާ ބޯޓު ތަކުގެ ތެރޭގައި، އިލެކްޓްރޯނިކް ޗާރޓް ޑިސްޕްލޭ އެންޑް އިންފޮމޭޝަން ސިސްޓަމް (އެކްޑިސް) ހަރުކޮށްފައިވާ ބޯޓުފަހަރުގައި މަސައްކަތްކުރަން ބޭނުންވާ މާސްޓަރުންނާ ޑެކް އޮފިސަރުންނަށް މި ސިސްޓަމް ބޭނުންކުރަން ދަސްކޮށްދޭ ކޯސް މި ސެންޓަރުގައި ފެށުމަށް މިހާރުވަނީ ތައްޔާރުވިފައެވެ. މިގޮތުން މީގެ ފުރަތަމަ ކޯސް މި މޭ މަހުގެ 20 ވަނަދުވަހު ފެށޭގޮތަށް ވަނީ ތާވަލު ކުރެވިފައެވެ.

ވީމާ، މިކޯހުގައި ބައިވެރިވާން ބޭނުންވާ މާސްޓަރުންނާ ޑެކް އޮފިސަރުން ކޯހުގައި ބައިވެރި ވުމުގެ ފޯމު ފުރުއްވާ ސްޓޫޑަންޓް ސާރވިސްއަށް ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ. މި ކޯހާ ބެހޭ އިތުރު މަޢުލޫމާތު  ބޭނުންފުޅުވާ ފަރާތްތަކުން މި ސެންޓަރުގެ 3390681 ނުވަތަ 3390984 ނަންބަރާ ގުޅުއްވުން އެދެމެވެ.

22 ރަޖަބު 1436

11 މޭ 2015
ހޯދާ