ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައްދޫގަމުގައި ދަނޑުވެރިކަންކުރާ ބިންތައް ވިޔަފާރި އުޞޫލުން ރަޖިސްޓަރީ ކުރުމަށް ފުރުޞަތު ހުޅުވާލުން:

ގައްދޫގަމުގައި ދަނޑުވެރިކަންކުރާ ބިންތައް ވިޔަފާރި އުޞޫލުން ރަޖިސްޓަރީ ކުރުމަށް ފުރުޞަތު ހުޅުވާލުން:

          ގައްދޫ ގަމަކީ ގައްދޫގެ އިޚުތިޞާސް ކަމަށް ކަނޑައަޅާފައިވާ ރަށަކަށްވާތީވެ  އެރަށުގައި ދަނޑުވެރިކަން ކުރަމުން އަންނަ ބިންތައް ރަޖިސްޓަރީ ކުރުމަކީ ބޭނުންތެރި މުހިއްމު ކަމެއްކަމަށް ފެންނާތީވެ އެބިމުގައި ގޮވާންކުރާ ދަނޑުބިންތަކަށް ވަގުތީރަޖިސްޓަރީއެއް ދޫކުރުމަށް ކައުންސިލުން ވަނީ ނިއްމަވާފައެވެ. މިގޮތުން ދޫކުރެވޭ ރަޖިސްޓަރީގެ މުއްދަތަކީ 24 މަސްދުވަހެވެ. އަދި ވަގުތީ ރަޖިސްޓަރީ ދޫކުރާ ކޮންމެ ދަނޑުބިމަކަށް އެދަނޑުބިމުގެ ވެރިފަރާތާއި، ކައުންސިލާއިދެމެދު އެއްބަސްވުމެއް އެކުލަވާލެވޭނެއެވެ. ގަމުގެ ލޭންޑް ޔޫސްޕްލޭން ހެދުމާއި ހަމަޔަށް ވިޔަފާރި އުޞޫލުން ދަނޑުހެއްދުމަށް ދޫކުރެވޭ ބިންތަކަށް ވަގުތީރަޖިސްޓަރީ ހަދައިދެވޭއިރު ކޮންމެ ދަނޑުބިމުގެ އަކަފޫޓަކަށް 05/- ލާރި ( ފަސްލާރި ) ކުލީގެ ގޮތުގައި ނެގޭނެއެވެ.

           ވީމާ، ގައްދޫ ގަމުގައި މިހާރު ދަނޑުހައްދާ ފަރާތްތަކުންނާއި، އަލަށް ދަނޑުބިން ނަގަން ބޭނުންވާ ފަރާތްތަކުން ދަނޑުހައްދަން ބޭނުންވާ ބިމުގެ ބޮޑުމިނާއި، ހައްދަން ބޭނުންވާ ގޮވާމުގެ ވައްތަރުތައް ބަޔާންކޮށް މިއިދާރައަށް ހުށަހެޅުއްވުން އެދެމެވެ.

           މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ޖޫން 2024
ހޯދާ